ވެލިދޫގައި ބީއެމްއެލްގެ އާ ބްރާންޗެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ހިދުމަތާއެކު، ނ. އަތޮޅުގައި ބީއެމްއެލް އިން ބޭންކިންގ ޚިދުމަތް ދޭ 3 ބްރާންޗާއި، 3 ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމްގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އޭޖަންޓުން މެދުވެރިކޮށް ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މި ޚިދުމަތާއެކު، ބީއެމްއެލްގެ އަމާޒަކީ މިހާރު ގާއިމް ކުރެވިފައިވާ ބްރާންޗުގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިއާއެކު، ހުޅުވިގެންދިޔަ އައު ބްރާންޗުން އެކައުންޓް ހުޅުވުމާއި، ޕަރސަނަލް އަދި ބިޒްނަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޚިދުމަތަށް އެދި ހުށަހެޅުމަށް ބޭންކު ހުޅުވިފައި ހުންނަ ވަގުތުތަކުގައި މި ބްރާންޗުގެ މުއައްޒަފުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެއެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ހުޅުވުނު އާ ބްރާންޗު މެދުވެރިކޮށް ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 50  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.