ކިހާދޫ ޔޫތުކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ddc

ކިހާދޫ ޒުވާނުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ 18 ވަނަ ޔޫތުކަޕް ފުޓްބޯޅަ މުބާރާތް ހަވީރު ފަށައިފި އެވެ.

އޯސަމް ޑީލް ޔޫތުކަޕް 2013 ގެ ނަމުގައި ކުރިޔަށް ގެންދާ މި މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު މެޗްގައި މައިހައި ޓީމާ ބައްދަލުކޮށް ޗެލެންޖާސް މެޗް ކާމިޔާބުކޮށްފައި ވަނީ 5-0 ން ނެވެ.

ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޗެލެންޖާސް ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހުޒައިފަތެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް، ފަހުހާފުގައި ޗެލެންޖާސް ޓީމުގެ ކުޅުން ވަރުގަދަކޮށް އިތުރު ލަނޑުތަކެއް ޖެހި އެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި  އަޔާޒު ލަނޑެއްޖަހައި ޗެލެންޖާސްގެ ލީޑް ފުޅާކުރިއެވެ. އަދި ލިބުނު ޕެނަލްޓީ އަކާއި އެކު ސަމްޢާން އިތުރު ދެ ލަނޑުޖެހިއެވެ.  އަދި މެޗުގެ ފަހު ވަގުތުގައި އީމާން އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކުރިއެވެ.

މި މުބާރާތުގައި މާދަމާވެސް މެޗެއް ކުޅޭނެ އެވެ. މާދަމާގެ މެޗުގައި ބައްދަލު ކުރާނީ އެފް.ސީ ސައްލި އާއި ފެލްކަން ސްޕޯޓްސް އެވެ.

މިފަހަރުގެ ޔޫތުކަޕް ފުޓްބޯޅަ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އޯސަމް ޑީލްއިން ނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Abdul Muhaimin / Inguraidhoo

    އަތޮޅު ލީގުގައި ބައިވެރިވުމުގެ ކުރިން ވަތަނީ ރޫޙު އާލާކޮށް އަމިއްލަ ފަސްގަނޑުން ކުޅުންތެރިން ބިނާ ކުރުން މުހިންމު. ކިހާދޫ މީހުން ގޮވާންކުރާ މުޑުވައްތަކުން ކުރިމަގުގައި ގޮވާން ކަނޑަން ލިބޭނެ. އޭރުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ. އިޤްތިޞާދު އަރިއަޅާލަފާނެތީ ހާސް ވާކަށް ނުޖެހޭނެ. ކިހާދޫގެ އެންމެހާ ލޮބުވެތި ރަޢިއްޔަތުންނަށް މަރުޙަބާ! މަދު އާބާދީ އެއްގެ މައްޗަށް އެކުލެވޭ ނަމޫނާ ބަޔަކު ދިރިއުޅެމުންދާ ރަށެއްކަން ފާހަގަކޮށްލަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.