އޯގަސްޓް 22-23 ގައި ސްކޫލުތައް ބަންދު

ކުޑަ އީދު ބަންދާއި ހަފުތާ ބަންދާ ދޭތެރޭ ދެ ދުވަހު ކިޔަވައިދޭން ޖެހޭތީ، އޯގަސްޓް 22 އަދި 23 ވަނަ ދުވަހަކީ ސްކޫލު ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފި އެވެ.

މި އަހަރުގެ ކުޑަ އީދު ޗުއްޓީ އަށް ސްކޫލުތައް ބަންދުކުރާ ގޮތަށް ހަމަޖައްސާފައިވަނީ އޯގަސްޓް 19- 21 އަށެވެ. އަދި ޖެހިގެން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު (އޯގަސްޓް 22 އަދި 23ވަނަ ދުވަހު) ސްކޫލުތައް ހުޅުވާ ގޮތަށް ކުރިން ވަނީ ހަމަޖައްސައިފަ އެވެ. އޯގަސްޓް 12 އިން 16 އަށް އެއީ ދެވަނަ ޓާމުގެ މެދު ޗުއްޓީ އެވެ. އެހެންކަމުން މެދު ޗުއްޓީއަށް ސްކޫލުތައް ބަންދުވުމަށްފަހު، ދެން ސްކޫލްތައް ހުޅުވާނީ އޯގަސްޓް 26 ގަ އެވެ. ނަމަވެސް އޯގަސްޓް 22 އަދި 23 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އަދި ހަމައެއް ނުޖައްސައެވެ.

އޯގަސްޓް 22 އަދި 23 ވަނަ ދުވަހު ސްކޫލުތައް ބަންދުކުރާ ގޮތަށް ހަމަޖެއްސުމުން އޭގެ ބަދަލުގައި ސެޕްޓެމްބަރު 1 ވާ ހޮނިހިރު ދުވަހު އާއި ސެޕްޓެމްބަރު 15 ވާ ހޮނިހިރު ދުވަހު ކިޔަވައިދޭގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. އަދި ތައުލީމީ ކަލަންޑަރަށް ގެނައި މި ބަދަލުގެ ސަބަބުން އޯގަސްޓް 22 ވަނަ ދުވަހު ގްރޭޑް 10 ގެ ދަރިވަރުންނަށް ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޓާމް ޓެސްޓް ފެށުމަށް މިހާރު ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 2 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.