ބ. އެޓޯލް ފުޓްބޯލް ޗެލެންޖު ފަސްކޮށްފި

BAFC

ޑިސެމްބަރު 6 ގައި ފަށަން ކުރީން ހަމަޖައްސާފައި އޮތް ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ޑިސެމްބަރު8 އަށް ފަސްކޮށްފި އެވެ.

މުބާރާތް އިންތިޒާމު ކުރާ އޭދަފުށި ޔޫ ސްޕޯޓްސް އިން ބުނިގޮތުގައި ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ފަސް ކުރަންޖެހުނީ މުބާރާތުގެ ރެފްރީންނަށް އާދެވޭގޮތް ނުވުމުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ފެހެންދޫ އާއި މާޅޮސް ލައްވާލީ ގުރޫޕް އޭގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ކެންދޫ އާއި އޭދަފުއްޓެވެ. ގުރޫޕް ބީގައި އޮތީ މިދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި ދަރަވަންދޫ އަދި ދޮންފަނުގެ އިތުރުން ކުޑަރިކިލު އެވެ.

މުބާރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 ގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު 30،000ރ އަދި ރަނަރަޕް ޓީމަށް 15،000ރ ވަނީ ހުށަހަޅައިފަ އެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފަސް ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދީފަ އެވެ. އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ތިންކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ވެސް ޓީމުތަކަށް ވަނީ ދީފަ އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި މިއަހަރުވެސް އިސްކޮށް ހަރަކާތްތެރިވަނީ އޭދަފުއްޓަށް ނިސްބަތްވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އެވެ.

އޭދަފުއްޓަކީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދައިފައިވާ ރަށެކެވެ. މީގެ ތެރެއިން މިހާރު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު (ޝާފީ) އާއި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. fathimath rasheedha

    ބައްޓޭ ދޭންބުނާ އަދަދު އަނެއް އަހަރު މުބާރާތް ބާއްވަންވާއިރަށްވެސް އަތަކަށް ނާރާ . ހައްހައްހާ !

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.