ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ އާ އިމާރާތުގައި ކުރަންޖެހިފައިވާ މަރާމާތުގެ ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިރާގުން އިއުލާން ކޮށްފި އެވެ.
ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުން ބުނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދު 1:00 އަށް އޭދަފުށީ އެ ސެންޓަރަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، މިމަހުގެ 7 ވަނަ ދުވަހުގެ 2:00ގެ ކުރިން އެސްޓިމޭޓް ހުށަހެޅުމަށެވެ.
މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެކަމަށްވެސް އެ ސެންޓަރުން ބުނެ އެވެ.