އަތޮޅު ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ

މިދިޔަ އަހަރުގެ އަތޮޅު މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާތް މިއަދު ހަވީރު ފަށާނެ
މިދިޔަ އަހަރުގެ އަތޮޅު މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާތް މިއަދު ހަވީރު ފަށާނެ

 

 

ޗެމްޕިއަން ޓީމަށް 30،000ރ. ހުށަހަޅައިގެން ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް “ރެޑްވޭވް ބ. އެޓޯލް ފުޓްބޯލް ޗެލެންޖް 2013” އަށް ޓީމާ އެކު މިއަދު ހަވީރު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ބައިވެރިވެފައި ވަނީ ފެހެންދޫ، މާޅޮސް، ކެންދޫ، ދަރަވަންދޫ، ދޮންފަނު، ގޮއިދޫ އަދި ކުޑަރިކިލުގެ އިތުރުން އޭދަފުއްޓެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ޕޮއިންޓް ސިސްޓަމަށެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ މާޅޮހާއި ފެހެންދޫ އެވެ.

މުބާރާތް އިންތިޒާމް ކުރާ ކޮމިޓީގެ މެންބަރު އަލީ ޝަފީގު މިއަދު ވިދާޅުވީ އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ މުބާރާތަށް ރަށްރަށުގެ ކައުންސިލުތަކުންނާއި އެފްއޭމާއި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް  ލިބެމުން އަންނަ ކަމަށެވެ.

އަލީ ވިދާޅުވީ މުބާރާތުގައި ރެފްރީކަން ކުރާނީ ވެސް އެފްއޭއެމްގެ  ރެފްރީން ކަމަށެވެ.

އޭދަފުށީގައި ފުޓްބޯޅަ ދިރުވައި އާލާކޮށް ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި ޔޫ ސްޕޯޓްސް އިން ބާއްވާ ދެވަނަ މުބާރާތުގައި ޗެމްޕިއަން ޓީމަށް 30،000ރ. ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 15،000ރ. ވަނީ ހުށަހަޅައިފަ އެވެ.

މުބާރާތުގެ ޝެޑިއުލް ޑައުންލޯޑް ކުރައްވާ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އިންސާފު

    މުޅި ދުނިޔޭގައިވެސް މެންދުރުގަޑީގައި ބާއްވާ ފުރަތަމަ މުބާރާތް. މެންދުރު 1.30 އެއީ މީހުން މެޗުކުޅޭ ގަޑިތަ؟ ދެން ޓީމް ލިސްޓް ހުށަހަޅަންޖެހޭ ފަހުތާރީހަކީ ނޮވެމްބަރ 25 ކަމަށް ކަނޑައަޅާފައި ހުރިހާ ރަށަކުން ޓީމުލިސްޓް ހުށަހަޅައި ނިމުމުން އަނެއްކާވެސް އޭގެ 7 ދުވަސް ފަހުން ޓީމުލިސްޓަށް ބަދަލުގެންނަން ފުރުސަތު ދިނީ އޭދަފުށީ ޓީމްލިސްޓަށް ބަދަލުގެންނަންވެގެން. މީ ހަޤީގަތް. ދެން މެޗް ޝެޑިއުލަށް ބަލާއިރު އޭދަފުށި، ގޮއިދޫ ގެ ހުރިހާ މެޗެއް ހަވީރަށް. އެހެން ރަށްރަށުން މެންދުރާއި ހަވީރު. އޭރުންތާ މެންދުރު ގަޑީގެ ހޫނަށް ކެތް ނުވެގެން ޓީމްތަކަށް ކުޅެވުނުގޮތަކަށް 90 މިނެޓްކުޅެ ދެންހުރި ޓީމްތައް މުބާރާތުން ކަޓައިގެންދާނީ. މިއީތޯ އިންސާފަކީ. ހަމަހަމަކަމަކީ. މީގެ އިތުރުން އެއްވެސް ޓީމަކަށް އެހެން ޓީމް ތަކުގެ ކުޅުންތެރިންގެ ލިސްޓެއްވެސް ނުދޭ. މީގެ ސިއްރަކީ އެންމެ ފަހުވަގުތުވެސް އޭދަފުށީ ޓީމަށް ލިސްޓްގައިނެތް ކުޅުންތެރިން އެރުވުން. ޝަކުވާކުރަން ބަލާއިރު ޤަވާއިދު ހަދާފައިވާގޮތުން މައްސަލަ ހުށަހަޅާފަރާތުން ބޭނުންވާގޮތައް މައްސަލަ ނުނިމެއްޖެނަމަ މައްސަލަ ހުށަހެޅިފަރާތް -/2000 ރުފިޔާއިން ޖޫރިމަނާވޭ. ފައިސާ މަދުވެގެން އުޅޭބަޔަކު މައްސަލަ ނުނިންމާނެއެއްނު ހުށަހެޅިފަރާތަށް ކާމިޔާބުވާގޮތަކަށް. އޭރުންދެން ޝަކުވާއެއްވެސް ނުކުރެވޭނެތާ. އޭދަފުށީގައި މުބާރާތް ބާއްވާތީ މިފަހަރު އޭދަފުއްޓަށް ތަށިލިބޭނޭ ހުރިހާ ގޮތެއް ހަދާނެ. މުބާރާތް ނުކުޅެ އޭދަފުއްޓަށް ތަށިދީ. ޖަމީލުމެންގެ ރޭވުން ވަރަށް ސާފުކޮށް އެނގޭ. ސްޓިއަރިން ކޮމިޓީގައި ނުފޫޒުގަދަ ބަޔަކު ތިބިކަން ވަރަށް ރަނގަޅަށް އެނގޭ ހުރިހާ ޓީމްތަކަކަށްވެސް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.