ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ފޮޓޯ: ރައްޔިތުންގެ މަޖިލިސްގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ފޮޓޯ: ރައްޔިތުންގެ މަޖިލިސްގެ އިދާރާ

ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އެސޯސިއޭޝަން އޮފް ސާކު ސްޕީކަރސް އެންޑް ޕާލިމެންޓޭރިއަންގެ އަހަރީ ކޮންފަރެންސް އޮންނާނީ މި ޑިސެމްބަރ މަހުގެ 21ން 23އަށް ކަމަށެވެ.

އެ ޖަމިއްޔާގެ ބައްދަލުވުން މި އަހަރުގެ ނޮވެމްބަރ މަހު ބާއްވަން ތާވަލު ކޮށްފައިވީ ނަމަވެސް މި ޑިސެމްބަރ މަހަށް ފަސްކުރީ ރާއްޖޭގެ ރިޔާސީ އިންތިޚާބު ލަސްވުމުން ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

މި ބައްދަލުވުން ކުރިއަށްދާނީ ބަނޑޮސް އައިލެންޑް ރިސޯޓު އެންޑް ސްޕާރގައި ކަމަށާއި ސާކު ގައުމުތަކުގެ ތެރެއިން ނޭޕާލާއި ބަނގްލަދޭޝް ފިޔަވައި އެހެން ހުރިހާ ގައުމަކުން ބައިވެރިވާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

ނޭޕާލުން ބައިވެރި ނުވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަކު ޢައްޔަން ނުކުރެވޭތީ ކަމަށާއި ބަނގްލަދޭޝް އިން ބައިވެރި ނުވަނީ އެގައުމުގައި ހަމަނުޖެހުން ބޮޑުވުމުން ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސާއި އަމީން ޢާންމާއި އެކު 10 އަކާއި 12 އާ ދެމެދުގެ ޢަދަދަކަށް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި އޭގެ ތެރޭގައި މަޖިލީހުގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި ކޮންފަރެންސްގައި ގައުމުތަކުގެ ތަޖުރިބާ އާއި މަޖިލީހުގެ ހިންގުން ރަނގަޅުކުރެވޭނެ ގޮތްތަކާއި ޑިމޮކްރަސީ އާއި އެހެނިހެން މުހިއްމު މަޢުލޫމާތުތައް ހިއްސާ ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.