ބ. އަތޮޅު ކައުންސިލްގެ ހަ ގޮޑިއަށް ބާރަ ފަރާތަކުން ވާދަކުރަނީ!

ބ. އަތޮޅު ކައުންސިލް އިދާރާ
ބ. އަތޮޅު ކައުންސިލް އިދާރާ

 

އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބ. އަތޮޅު ކައުންސިލުގެ ހަ ގޮޑިއަށް ބާރަ ފަރާތަކުން ވާދަ ކުރުމަށް ފޯމު ހުށަހަޅައިފި އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި ބ. އަތޮޅު ކައުންސިލަށް ކުރިމަތިލުމަށް އޭދަފުށީ ދާއިރާއިން ވަނީ ފަސް ފަރާތަކުން ހުށަހަޅާފައެވެ. އެއީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ އޭދަފުށީ ހީނާމާގޭ އިބްރާހިމް ރަޝީދުގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ބ. ހިތާދޫ ފެހިވިދުވަރު، ސާނިޔާ އަބްދުއްލަޠީފް އާއި އޭދަފުށީ މީނާޒު މަބުރޫކް ނަސީރުގެ އިތުރުން ޖޭޕީން ނިކުންނަ އޭދަފުށީ ރަންވެލި އަހްމަދު ޝަރީފް އެވެ. މީގެ އިތުރުން އަމިއްލަގޮތުން ސ. ހިތަދޫ މުހައްމަދު ނަޒީފުވެސް އޭދަފުށީ ދާއިރާއަށް ކުރުމަތިލުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ބ. އަތޮޅު ކައުންސިލަށް ކުރިމަތިލުމަށް އެދި ތުޅާދޫ ދާއިރާއިން ހުށަހަޅާފައިވަނީ އެމްޑީޕީގެ ޓިކެޓްގައި މިހާރުގެ ކައުންސިލަރު ބ. ގޮއިދޫ ވައިމަތީގެ މުހައްމަދު އާދިލް އާއި ތުޅާދޫ ދޭލިޔާގޭ އިބްރާހިމް ޝަރީފު އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ތުޅާދޫ އާޒާދު އުމައިރާ އަބޫބަކުރު އެވެ.

ކެންދޫ ދާއިރާއިން ވާދަކުރަނީ ބ. ކުޑަރިކިލު ހަވީރީނާޒް ހަސަން ސިރާޖު އާއި ކަމަދޫ ސަމޭދާން މުހައްމަދު ޝަމީމް އާއި ޖުމްހުރީ ޕާޓީގެ ފަރާތުން ކުޑަރިކިލު ޑޭޒީވިލާ އިބްރާހީމް މިޞްފާޙް އާއި ކަމަދޫ ރޯޒްމީޑް ޢަލީ ނާއިޒު އެވެ.

ހުރިހާ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއްލާން ކުރާނީ މާދަމާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި މާދަމާ ކެންޑިޑެޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ކެންޑިޑޭޓް ނަންބަރު ދިނުމަށް ބާއްވާ ގުރުއަތު ނެގުން އޮންނާނެކަމަށްވެސް އިލެކްޝަންސް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.