ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކޮށްފި

އޭދަފުށީގައި ވޯޓް ގުނުން ކުރިއަށްދަނީ
ރިޔާސީ އިންތިހާބުގައި ވޯޓް ގުނަނީ

ޖެނުއަރީ 18 ގައި ބާއްވާ ދެ ވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އޭދަފުށީ ކައުންސިލަށާއި ބ. އަތޮޅު ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ފަހު އެ ބޭފުޅުންގެ ނަންތައް އިއްޔެ އިއުލާނުކޮށްފި އެވެ.

ރަށު ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ 15 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީ އާއި ޕީޕީއެމް އިން މިއިން ކޮންމެ ޕާޓީއަކުން 6 ކެންޑިޑޭޓުންނެވެ. މީގެ އިތުރުން ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓަކާއި އަދާލަތު ޕާޓީގެ ކެންޑިޑޭޓެއްގެ އިތުރުން މިނިވަން ކެންޑިޑޭޓެއްވެސް ވާދަކުރައްވަ އެވެ.

ރަށު ކައުންސިލް އިންތިހާބުގެ އިތުރުން އަތޮޅު ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގެ ތިން ދާއިރާއަށް ކުރިމަތިލި ފަރާތްތަކުގެ ކެންޑިޑޭޓް ނަންތައްވެސް އިއުލާންކޮށް ނަންބަރުވެސް އިއްޔެ ވަނީ ތަރުތީބު ކޮށްފައެވެ.

ބ. އަތޮޅު ކައުންސިލަށް ކުރިމަތިލުމަށް އޭދަފުށީ ދާއިރާއިން ވަނީ ފަސް ފަރާތަކުން ހުށަހަޅާފައެވެ. އެއީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ އޭދަފުށީ ހީނާމާގޭ އިބްރާހިމް ރަޝީދުގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ބ. ހިތާދޫ ފެހިވިދުވަރު، ސާނިޔާ އަބްދުއްލަޠީފް އާއި އޭދަފުށީ މީނާޒު މަބުރޫކް ނަސީރުގެ އިތުރުން ޖޭޕީން ނިކުންނަ އޭދަފުށީ ރަންވެލި އަހްމަދު ޝަރީފް އެވެ. އަދި އަމިއްލަގޮތުން ބ. އޭދަފުށީ ބާޒީވިލާ އިބްރާހިމް ނަޒީފުވެސް އޭދަފުށީ ދާއިރާއަށް ވާދަކުރެއެވެ.

ބ. އަތޮޅު ކައުންސިލަށް ކުރިމަތިލުމަށް އެދި ތުޅާދޫ ދާއިރާއިން ހުށަހަޅާފައިވަނީ އެމްޑީޕީގެ ޓިކެޓްގައި މިހާރުގެ ކައުންސިލަރު ބ. ގޮއިދޫ ވައިމަތީގެ މުހައްމަދު އާދިލް އާއި ތުޅާދޫ ދޭލިޔާގޭ އިބްރާހިމް ޝަރީފު އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ތުޅާދޫ އާޒާދު އުމައިރާ އަބޫބަކުރު އެވެ.

ކެންދޫ ދާއިރާއިން ވާދަކުރަނީ ބ. ކުޑަރިކިލު ހަވީރީނާޒް ހަސަން ސިރާޖު އާއި ކަމަދޫ ސަމޭދާން މުހައްމަދު ޝަމީމް އާއި ޖުމްހުރީ ޕާޓީގެ ފަރާތުން ކުޑަރިކިލު ޑޭޒީވިލާ އިބްރާހީމް މިޞްފާޙް އާއި ކަމަދޫ ރޯޒްމީޑް ޢަލީ ނާއިޒު އެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން (ކެންޑިޑޭޓް ނަންބަރު ތަރުތީބުން)

އަހްމަދު އަފްސަލް، އަޒުމް / ބ. އޭދަފުށި (ޖޭޕީ)

ސައްފާން އަބޫބަކުރު، މާބަގީޗާގެ / ބ. އޭދަފުށި (މިނިވަން)

ފާޠިމަތު ނަސީމް، ނަސީމީގެ / ބ. އޭދަފުށި (އެމްޑީޕީ)

ނައުޝާދު އަހްމަދު، މާފޮޅޭގެ / ބ. އޭދަފުށި (އެމްޑީޕީ)

އަބްދުއްރައޫފް، ފުނަދޫގެ / ބ. އޭދަފުށި (އެމްޑީޕީ)

މުހައްމަދު ރާމިޒް، މާއޮޅު / ބ. އޭދަފުށި (ޕީޕީއެމް)

ނާޒްނީން ޔޫސުފް، ސީޓްމާގެ / ބ. އޭދަފުށި (ޕީޕީއެމް)

އަހްމަދު މުސްތޮފާ، ދޭދަރުގެ / ބ. އޭދަފުށި (އަދާލަތު)

މަރިޔަމް އީސާ، ވިދަވަރު / ރ. މާކުރަތު (ޕީޕީއެމް)

އަހްމަދު ރަޝީދު، ސީޓްމާގެ / ބ. އޭދަފުށި (އެމްޑީޕީ)

އަހްމަދު ރިޒާ، އުނިމާގެ / ބ. އޭދަފުށި (އެމްޑީޕީ)

ހަސަން ސަމޫޙު، އެރޯމާ / ބ. އޭދަފުށި (އެމްޑީޕީ)

އަލީ ވަހީދު، ސަދުބަރަކަމާގެ / ބ. އޭދަފުށި (ޕީޕީއެމް)

އަހްމަދު ނައުރީފް، މަންޒަރު / ބ. އޭދަފުށި (ޕީޕީއެމް)

މުހައްމަދު ރިޒާ، މޫސުމްރަބީއު / ބ. އޭދަފުށި (ޕީޕީއެމް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.