އޭދަފުށި، ގޮއިދޫ އަދި ކުޑަރިކިލު ސެމީ އަށް

1479275_1421001221466680_682852666_n

 ބ. އޭދަފުށީގައި މިހާރު ކުރިއަށް ދާ ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލަށް އޭދަފުއްޓާއި ކުޑަރިކިލު އަދި ގޮއިދޫ ހިނގައްޖެ އެވެ.

ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި އޭދަފުށި ސެމީގެ ޖާގަ ކަށަވަރު ކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. މިއަދު ހަވީރު ކުޅުނު މެޗު ފަސޭހަ ކަމާއެކު ފެހެންދޫ އަތުން އޭދަފުށި މޮޅުވީ 6-0 އިން އެވެ. މި ގްރޫޕުން ދެން ސެމީއަށްދާނެ ޓީމެއް އެނގޭނީ މާދަމާ މެންދުރު 1:30 ގައި މާޅޮހާއި ކެންދޫ ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ގްރޫޕް ބީ ގެ ސެމީ ފައިނަލްގެ ޖާގަ ކުޑަރިކިލު އާއި ގޮއިދޫ ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގެ އިތުރު އެއް މެޗު އޮއްވައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. އިއްޔެ މެންދުރު ކުޅުނު މެޗުގައި ދަރަވަންދޫ އަތުން ކުޑަރިކިލު މޮޅުވީ 5-1 އިންނެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ދޮންފަނު އަތުން އެންމެ ފަހުގެ ޗެމްޕިއަން ގޮއިދޫ މޮޅުޅި 3-0 އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލު މެޗުތައް އޮންނާނީ ޑިސެމްބަރު 17 އަދި 18 ގައެވެ. ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 20 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.