
ގޮއިދޫގައި މިހާރު ކުރިއަށްދާ ވިމެންސް ފުޓްބޯލް ޗެލެންޖުގައި މިއަދު ކުޅުނު މެޗުތަކުން ވޮލްވްސް އާއި ޗަޑްސް މޮޅުވެއްޖެ އެވެ.
ފުރަތަމަ މެޗްގައި ލިލީސް އާއި ވާދަކޮށް ވޮލްވްސް ސްޕޯޓްސް ކްލަބް މޮޅުވީ 4-2 އިންނެވެ. މި މެޗްގައި ވޮލްވްސްގެ 4 ލަނޑުވެސް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމްގެ ޖޯޒީ ނަންބަރު 2 ނާޖިޔާ އެވެ. ލިލީސް ގެ 2 ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖޯޒީ ނަންބަރު 12 އިނާޝާ އަދި ޖޯޒީ ނަންބަރު 7 އީމާން އެވެ.

މިއަދުގެ 2 ވަނަ މެޗްގައި ޑެޒްލާސް އާ ވާދަކޮށް ޗަޑްސް އިން ވަނީ ފަސޭހަކަމާއެކު 7-0 ން މެޗްކާމިޔާ ބުކޮށްފައެވެ. ޗަޑްސް އަށް އެ ޓީމުގެ ޖޯޒީ ނަންބަރު 12 ޝައްފަ އަދި ޖޯޒީ ނަންބަރު 8 ޝިރުފާ މިއިން ކޮންމެ ކުޅުންތެރިއަކު 3 ގޯލް ކާމިޔާބު ކޮށްދިން އިރު، ޖޯޒީ ނަންބަރު 19 ޝާނިޔާ 1 ގޯލް ކާމިޔާބުކޮށްދިނެވެ

މި މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޖޯޒީ ނަންބަރު 19 ޝާނިޔާ އެވެ.

މި މުބާރާތުގައި މާދަމާ ވެސް 2 މެޗް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފް ސީ ޖާޑީސް އާއި ޑެޒްލާސް އެވެ. އަދި ދެވަނަ މެޗްގައި ވާދަކުރަނީ ފެހެންދޫ ސްޕޯޓްސް ކްލަބާއި ވޮލްވްސް ސްޕޯޓް ސްކްލަބެވެ.