![](https://www.eydhafushitimes.com/live/wp-content/uploads/2019/12/79498675_2523260311135576_6618553609682419712_n-1024x768.jpg)
ބ. ގޮއިދޫއަށް ރޭ ކުރި ވިއްސާރައިގަ ގޮއިދޫގައި ފެން ބޮޑުވެއްޖެ އެވެ.
ގޮއިދޫގެ މީހުންދިރިއުޅޭ ސަރަހައްދުގެ ގިނަ މަގުތަކުގައި ފެންބޮޑުވެފައިވާއިރު ރޭގައި އެރަށުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ބަައެއް މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.
ބ.ގޮއިދޫ ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ސިޔާން އީޓީ އަށް ވިދާޅުވީ ރޭ ކުރި ވިއްސާރައިގައި އެރަށުގެ އެއް ގެއަށް ފެން ވަތް ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
![](https://www.eydhafushitimes.com/live/wp-content/uploads/2019/12/79601963_427691481448693_6408721689651183616_n-1024x768.jpg)
“ރެސްކިއު ޓީމުން ވަނީ ގޭގެއަށް ފެން ވަނުމުގެ ކުރިން ފެންބޮޑުވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ރޭގައި ކޮށްފައި.” ސިޔާން ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާ އިރު ބ. އަތޮޅު ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ. އަދި އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ކަނޑުގަދަ ވާނެތީ، ކަނޑު ދަތުުރުކުރާ މީހުން އެކަމަށް ސަމާލުކަން ދިނުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރި އެވެ.