އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ގޮއިދު އާއި ތުޅާދޫ އަށް

ވާރޭވެހި ފެންބޮޑޫވުމުގެ ސަބަބުން ގޮއިދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. ގޮއިދު އަށާއި ތުޅާދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން އާއްމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް ގޮއިދޫއަށް 131 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ތުޅާދޫ އަށް ތުޅާދުއަށް 85 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރޭ މެދުނުކެނޑި ވެހުނު ބޯ ވާރޭގެ ސަބަބުން މިއަތޮޅުގެ ބައެއް ރަށްރަށުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ދަތިތައް ކުރިމަތިވެފައި ވެއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) ގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ މިއީ އާދަޔާ ހިލާފު ވިއްސާރައެއް ނޫން ކަމަށެވެ. ބައެއް އަހަރުތަކުގައި އިރުވައި މޫސުމުގައި ވެސް ގަދަޔަށް ވިއްސާރަ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެޓު އޮފީހުން ބުނި ގޮތުގައި މާދަމާ ވިއްސާރަ އަލިވެދާނެ އެވެ. އެކަމަކު ހޮނިހިރި ދުވަހުން ފެށިގެން އަނެއްކާވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.