ގޮއިދޫ ބަލިކޮށް ކެންދޫ ފައިނަލަށް

 ކާބޯ ވެޓަރަންސް ކަޕް އީގަލްސް ބަލިކޮށް ސިފައިން ފައިނަލަށް މުހައްމަދު ހަމްދޫން 04 އޯގަސްޓް 2013 13:09 1 ކޮމެންޓު     ބ. އެޓޮލް ފުޓްބޯލް ޗެލެންޖުގައި  ހަވީރު ގޮއިދޫ އާއި ކެންދޫ ކުޅެނީ.
ބ. އެޓޮލް ފުޓްބޯލް ޗެލެންޖުގައި ހަވީރު ގޮއިދޫ އާއި ކެންދޫ ކުޅެނީ.

 

އޭދަފުށީގައި ކުރިއަށްދާ ބާ އެޓޯލް ފުޓްބޯލް ޗެލެންޖް 2013″ ގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފަހު މެޗުގައި، އެންމެފަހުގެ ޗެމްޕިއަން އަދި މުބާރާތުގައި ވަރުގަދަ ކުޅުމެއް ދެއްކި ގޮއިދޫ ޓީމު ބަލިކޮށް ކެންދޫ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ގޮއިދޫ އާ ދެކޮޅަށް ނުކުމެ މިއަހަރު މުބާރާތުގައި އަލަށް ބައިވެރިވި ކެންދޫ މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.

އަށް ޓީމު ވާދަކުރި މުބާރާތުގެ ފައިނަލް މެޗުގައި ހުކުރު ދުވަހު ކެންދޫ އާ ދެކޮޅަށް ނިކުންނާނީ މުބާރާތުގައި މިދިޔަ އަހަރުގެ ރަނަރަޕް، އަދި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި އޭދަފުށީ ޓީމެވެ.

ރެޑްވޭވް އިން މެއިން ސްޕޮންސަކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ހުށަހަޅާފައިވާ އިރު ރަނަ އަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ely

    ގޮއެދޫ ޓީމް މަހަށް ދާކަށް ނުޖެހޭ… ކެންދޫ މޮޅުވީ ރެފްރީ ވިކިފަ ހުރީމަ…… ނިކަން ބަލަން ހުންނައްޗޭ އަންނަ އަހަރު ގޮއިދޫ ތި ތަށި ހޯދާނަން…….މާދަމާ މެޗް ގައި ގަދަފަދަ ބައްޔަކުން ކެންދޫ ބަލިކޮށް އޭދަފުށި ތަށި ހޯދާނެ…

    ރައްދު
  2. original saleem

    ހަހަހަހަ! ގޮއިދޫ ދެން ދޭ މަހަށް..! އަލަށޭ ކެންދޫ ބައިވެރިވީ. ސޯ އައިތިންކް ފައިނަލް ވިން ޗާންސް ބޮޑީ ހަމަ ކެންދޫ އަށް.އިންސާﷲ ނިކަންހުރެ އޭދަފުށި ގަދަފަދަ ބައްޔަކުން ބަލިކޮށް މިކަން ނިންމާލާނީ ޗެމްޕިއަން ކަމާ އެކުގަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.