
ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އޭދަފުށީގައި މިހާރު ކުރިއަށްދާ ރެޑްވޭވް ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު 2013 ގެ ފައިނަލް މެޗު ވީޓީވީ އާއި ދިޓީވީ އިން ވަގުތުން ދައްކާގޮތަށް ހަމަޖައްސައިފި އެވެ.
މި މުބާރާތް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ މުބާރާތުގެ ފައިނަލު މެޗު ލައިވް ކުރަން ނިންމީ މިއަހަރުވެސް އެ މެޗު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ރަށުގައި ތިބެގެން ބެލޭނެގޮތް ފަހިކޮށްދިނުމަށށައި މުބާރާތް ރާއްޖޭގެ ކަންކޮޅުތަކަށް އިސްތިހާރުކުމުގެ ގޮތުން ކަމަށެވެ.
ޗެންޕިއަންޓީމަށް 30،000 އަދި ރަނާއަޕް ޓީމަށް 15،000ރ ދޭން ނިންމާފައިވާ މި މުބާރާތުގެ ފައިނަލަށް މިހާރު ހޮވިފައިވަނީ އޭދަފުއްޓާއި ކެންދޫ އެވެ. ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު 3:45 ގަ އެވެ.
މިދިޔަ އަހަރު ބޭއްވި ބާ އެޓޯލް ފުޓްބޯލް ޗެލެންޖްގެ ފައިނަލު މެޗުވެސް ވީޓީވީން ވަގުތުން ދެއްކިއެވެ. މިއީ ރާއްޖެތެރޭގައި ބާއްވާ މިފަދަ ފުޓްބޯޅަ މުބާރާތެއްގެ މެޗެއް ދެ ޓީވީ ޗެނަލަކުން ލައިވްކުރާ ފުރަތަމަ ފަހަރަށްވާނެ އެވެ.