ގޮއިދޫގައި އަނެއްކާ ވެސް ފެން ބޮޑުވެއްޖެ

ގޮއިދޫ ގެއަކަށް ވެންވަދެގެން ފެން ހިއްކަނީ

މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ބ. ގޮއިދޫގައި ފެން ބޮޑުވެއްޖެ އެވެ. އިއްޔެ ރޭ ކުރި ވިއްސާރައިގައި ވެސް އެރަށުގައި ވަނީ ފެންބޮޑުވެފަ އެވެ.

ގޮއިދޫގައި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު ބ. އަތޮޅު ސަރަހައްދަށް މޫސުން އަދިވެސް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.

ގޮއިދޫގައި ފެން ހިންދުމުގެ މސައްކަތް ކުރަނީ

ގޮއިދޫގައި ފެންބޮޑުވެ، ގޭގެ އަށް ފެން ވަންނާތީ ފެންގަނޑު ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ރަށަށް ރޭ ފަތިހުން ފެށިގެން ވެހެމުންދާ ވާރޭގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެން ހެދިފަ އެވެ. ބޯކޮށް ވާރޭ ވެހި ބައެއް ގޭގެ އަށް ފެން ވަންނާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

“ވެލި ބަސްތާ ޖަހައި ޕަންޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަނީ. “މިހާރުވެސް ތުނި ތުނި ކޮށް ވެހެމުން ދަނީ.” އޭނާ ވިދާޅުވި އެވެ.

މިއަދު ހެނދުނު ކުރި ވިއްސާރައިގައި މިއަތޮޅު އެހެން ރަށްރށުގައިވެސް ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް އާއްމު ރައްޔިތުންނާއި ފުުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.