ގޮއިދޫ އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޖާޑީސް އަށް

އެފްސީ ޖާޑީސް ޗެމްޕިއަން ޓްރޮފީއާއެކު

ބ. ގޮއިދޫ އަންހެނުންގެ ކޮމިޓީން އިންތިޒާމުކޮށްގެން އެރަށުގައި ބޭއްވި އަންހެނުންގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފް.ސީ ޖާޑީސް އިން ހޯދައިފި އެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ގޮއިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ވޮލްވްސް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 3-5 ން ކުރި ހޯދައިގެންނެވެ.

މުޅި މުބާރާތުގެ އެކި އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓާއި ޓްރޮފީ މިއަދު ވަނީ ހަވާލުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

ފައިނަލު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އެފްސީ ޖާޑީސް ގެ އައިޝަތު ރަޝީދާ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗަޑްސްގެ ސާނިޔާ އަހްމަދެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ އައިޝަތު ރަޝީދާގެ އިތުރުން އެފްސީ ޖާޑީސްގެ ފާތިމަތު އަފްޒާ އާއި ފަތީނާ އަބްދުލް ރަޙީމާއި ލިލީސްގެ ފިރުޝާނާ ނަސީރު އަދި ވޮލްވްސް ގެ އާމިނަތު ނާޖިޔާ އެވެ.

ގޮއިދޫ އަންހެނުންގެ ކޮމެޓީން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވަން ގަސްތުކުރާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.