
ބ. އޭދަފުއްޓާއެކު އިތުރު ފަސް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭދަފުށީގެ އިތުރުން ބިން ހިއްކާ ރަށްތަކަކީ ތ. ގުރައިދު އާއި މަޑިފުއްޓާއި ދ. ކުޑަހުވަދު އާއި މީދޫ ގެ އިތުރުން ކ. ތުލުސްދު އެވެ.
މުއިއްޒު ވިދާޅުވީ މި ހަ ރަށް ހިއްކަނީ ބިން އިތުރުކުރުމަށާއި އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ދަށުން ތަރައްގީ އާއި ކަންކަން ހާސިލްކުރުމަށް ކަމަށެވެ. އަދި މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހިމެނިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މި ހަ ރަށުގެ ބިން ހިއްކުމަށް ކުރިމަތިލާފައިވާ ކުންފުނިތަކުގެ ތެރޭގައި ބޮސްކާލިސް ވެސް ހިމެނެ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ރަށްތަކުގެ ބިން ހިއްކުމަށް ޝޯޓް ލިސްޓް ކޮށްފައިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބިން ހިއްކުމުގެ އެއްބަސްވުމުގައި އެންމެ ލަސްވެގެން ފެބުރުއަރީ މަހުގެ ތެރޭގައި ސޮއިކޮށް، މަސައްކަތް ހަވާލުކުރާތާ ގިނަވެގެން މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ބިމުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން އޭދަފުށީ ފަޅުހިއްކުމަށް ރައީސް ނަޝީދުގެ ސަރުކާރުން 2011 އަދި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެ މަޝްރޫއު ހިމެނުމަށް އޭރު މަޝްވަރާކޮށްފައިވެ އެވެ. އެހެންނަމަވެސް މި މަޝްރޫއު މިއަހަރުގެ ބަޖެޓްގައިވެސް ހިމެނުނީ މަޖިލިސްތެރޭގައި ބަޖެޓްކޮމެޓީން ކުރިޔަށްގެންދިޔަ މަސައްކަތުގެ ތެރެއިންނެވެ.
ައަބަދުވެސް ކުރަނީ …ކުރާނެ ..މިހެން ކިޔާ އަޑު މިއިވެނީ..ކުރެވޭ ދުވަހަކަށް އެންމެން އެދެނީ ….މިކަހަލަ ހަބަރުތައް ކިޔާ ކިޔާ މިހާރު ފޫހިވެއްޖެ…
އުއްމީދު ކުރަން މިފަހަރު ބިން ހިއްކުމަށްފަހު ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައި ތިބި މީހުންނަށް ލިބޭނެކަމަށް،،،،،،،،،،،،،،،،،،،،،،،،