ކާޑުގެ ޕިން ބަދަލުކުރުމުގެ ހިދުމަތް ބީއެމްއެލް އިން ތައާރަފުކޮށްފި

 

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑުގެ ޕިން ބަދަލުކުރުމުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

މިހިދުމަތް ތައާރަފުކުރުމުން ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ބްރޭންޑުގެ ކޮންމެ ކާޑެއްގެ ޕިންވެސް އޭޓީއެމް މެދުވެރިކޮށް ބަދަލުކުރެވެ އެވެ. މީގެ ތެރޭގައި ޑެބިޓް ކާޑާއި ކުރެޑިޓް ކާޑުވެސް ހިމެނެ އެވެ. ނަމަވެސް ވިސާ ބްރޭންޑުގެ ކާޑު ތަކުގެ ތެރެއިން ޕިން ބަދަލުކުރެވޭނީ ހަމައެކަނި މިމަހުން ފެށިގެން ދޫކުރާ ކާޑާއި މިމަހުގެ ފެށިގެން އާކުރާ ކާޑުތަކުގައި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ވިސާ އަދި އެމެކްސް ކާޑު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އެހެން ފަރާތަކަށް ކާޑުގެ ޕިން ނަންބަރު ހިއްސާކޮށްފައިވާ ނަމަ ކާޑު އާ ކުރަން ޖެހެ އެވެ. މިގޮތުން އާކުރާ ކާޑު ތަކުގެ ޕިންވެސް އޭޓީއޭމް މެދުވެރިކޮށް ބަދަލުކުރެވޭ ގޮތަށް ބީއެމްއެލް އިން ވަނީ ހަމަޖައްސާފަ އެވެ.

މިހިދުމަތް ތައާރަފުވުމާއެކު ބޭނުން ކޮންމެ ވަގުތަކު ކަސްޓަމަރުންނަށް ކާޑުގެ ޕިން ބަދަލުކުރެވެ އެވެ. މިގޮތުން ކާޑުގެ ޕިން ނަންބަރު ބަދަލުކުރާއިރު ކާޑުގެ ވެރިފަރާތުގެ މޯބައިލް ނަންބަރު، އައިޑީ ކާޑު ނަންބަރު ނުވަތަ އެއްވެސް ފަރާތަކަށް އެނގިދާނެ ނަންބަރެއް އިހްތިޔާރު ނުކުރުމަށް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި ކާޑުގެ ޕިން ނަންބަރު މޯބައިލް ފޯން ނުވަތަ ވޮލެޓް ފަދަ އެއްޗެއްގައި ރައްކާ ނުކުރުމަށް ވެސް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.