އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ސާފުކުރުމުގެ ޕްރޮގްރާމެއް

eydhafushi

މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “އެންމެން އެކުގައި” ޝިއާރުގެ ދަށުން މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ހޯމް މިނިސްޓްރީން ހަމަޖެއްސުމާއި ގުޅިގެން ބ. އޭދަފުށީގައިވެސް މި ޕްރޮގްރާމު ކުރިއަށް ދާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ސާފުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ރަށުގެ ހުރިހާ މުއައްސަސާތަކަށް މިކަމުގައި ބައިވެރިވުމަށް މިހާރު ދައުވަތު ފޮނުވާފައިވާނެ ކަމަށެވެ. އަދި ހޮނިހިރި ދުވަހު ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމު ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އެއްބައިވަންތަ ކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެކުވެރިކަމާއި އަޚުވަންތަކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ސުނާމީ ކާރިސާއަށް މިއަދު ދުވަހު 9 އަހަރު ފުރޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.