ޕީޕީއެމް އޭދަފުށީ ގޮފިން ޔޫތް މިނިސްޓަރާ ބައްދަލުކޮށްފި

ކުޅިވަރާ ބެހޭ ވަޒީރު މަލީހު:
ކުޅިވަރާ ބެހޭ ވަޒީރު މަލީހު:

 

ޔޫތު މިނިސްޓްރީގެ ފަރާތުން އަންނަ އަހަރުގެ ބަޖެޓްގައި އޭދަފުއްޓަށް ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން އޭދަފުށީ ޕީޕީއެމް ގޮފީގެ އިސްމެމްބަރުންގެ ޓީމެއް ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލުއާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ މެންދުރުފަހު ޔޫތް މިނިސްޓްރީގައި ކުރިޔަށްގެންދިޔަ މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އޭދަފުށީ އިރުމަތީ ސަރަހައްދުގައި އޮތް ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބު އަދި އެ މަސައްކަތް އިތުރަށް ހަލުވިކުރުމާ ގުޅޭ ގޮތުންކަމަށް ޕީޕީއެމް އޭދަފުށީ ގޮފީގެ އިސްމެމްބަރ މުހައްމަދު ނަސީރު ވިދާޅުވި އެވެ.

މުހައްމަދު ނަސީރު ވިދާޅުވީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހަތަރު މިލިޔަން ރުފިޔާ ހިމަނާފައިވާކަމަށާ، ދަނޑު ތަރައްޤީކުރާއިރު، ދަނޑުގެ ވަށައިގެން ޓްރެކެއް އެޅުމަށްވެސް މަޝްވަރާކުރެވުނުކަމަށެވެ. އޭނާ ވިދާޅުވީ ދަނޑުގެ މަސައްކަތް އަންނަ އަހަރު މުޅިން ފުރިހަމަ ވެގެންދާއިރު އެސަރަހައްދުގައި އިތުރު ކުޅިވަރުތައް ކުޅެވޭނެ ބިންތައްވެސް ތަރައްޤިކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިކަމަށެވެ. އަދި މިމަސައްކަތް ފެށުމާގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް ވަރަށް އަވަހަށް މިނިސްޓަރު އޭދަފުއްޓަށް ވަޑައިގަންނަވާނެކަން ހާމަކުރެއްވިކަމަށެވެ.

މި ބައްދަލުވުމުގައި ޕީޕީއެމް އޭދަފުށީ ގޮފީގެ މެމްބަރު އަބްދުލްޤައްޔޫމް އަދި އަލީ ޝަފީޤްގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްވެސް ބައިވެރިވި އެވެ.

އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓްގައި ދެ މިލިޔަނެއްހާރުފިޔާ ހިމެނުނު ނަމަވެސް އެކަމަށް އަމަލީގޮތުން އެއްވެސް ކުރިމަގެން ވަނީ ނުފެނިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Ziya

    ޢާދޭހާ އެކުދަށް ނަވަން މިފަހަރު ގާބިލު ޒުވާނުންނަށް ވޯޓުދެއްވުމަށް. މާޒީން އިބްރަތް ހާސިލް ކުރައްވާ؟ އަޑުގަދަ މީހާއަކީ އެންމެ ރުއްގިނަ މީހާ ކަމުގަ ބަލައި ގަތުމުން ، ރަށުގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވީ؟ ރުއްގިނަ މީހުން ބާކީ ކުރައް މިފަހަރު އަތާ އަތްގުޅާލަމާ!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.