އޭދަފުށީގައި ގެސްޓް ހައުސް ވިޔަފާރި ފަށައިފި

"ހައުސް ދި ކޯރަލް" އަށް ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާ އަށް މިއަދު މަރުހަބާ ކިޔަނީ. މިއަދު ވަނީ ރަސްމީކޮށް އޭދަފުށީގައި ގެސްޓްހައުސް ވިޔަފާރި ރަސްމީކޮށް ފަށައިފައި-- ފޮޓޯ ތޯރިގް
“ހައުސް ދި ކޯރަލް” އަށް ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާ އަށް މިއަދު މަރުހަބާ ކިޔަނީ. މިއަދު ވަނީ ރަސްމީކޮށް އޭދަފުށީގައި ގެސްޓްހައުސް ވިޔަފާރި ފަށައިފައި– ފޮޓޯ ތޯރިގް

 

ބ. އޭދަފުށީގައި ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ނުދޭ ގޮތަށް ރަށުކައުންސިލުން ނިންމައިފައިވީ ނަމަވެސް ގެސްޓްހައުސްގެ ވިޔަފާރި ރަސްމީކޮށް ފަށައިފި އެވެ.

އޭދަފުށީ ޗާންދަނީވިލާ ގައި “ހައުސް ދި ކޯރަލް” ގެ ނަމުގައި ހިދުމަތް ދޭން ފަށާފައިވާގެސްޓް ހައުސްގެ ހިދުމަތް ރަސްމީކޮށް މިއަދު ފެށީ ޓޫރިޒަމް މިނިސްޓްރީން މިކަމަށް ނަގަން ޖެހޭ ހުއްދަ އާއި ފުރިހަމަކުރަން ޖެހޭކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށް ގެސްޓް ހައުސްގެ ހިންގާ ފަރާތުން ވާހަކަ ދެއްކި އަހްމަދު އަސްލަމް ބުންޏެވެ.

އަދި މިއައީ އެންމެ ދެ ޓޫރިސްޓުން. އެއީ ތައިލެންޑްގެ ދެމަފިރިން. އަންނަ މަހުން ފެށިގެން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަން ދަނީ ބުކިން ހައްދަމުން، އަސްލަމު ބުންޏެވެ.

ހަތަރު ކޮޓަރި އާއި ސިޓިންރޫމެއްގެ އިތުރުން ގެސްޓް ހައުސްގައި މަޑުކޮށްލާ ފަރާތްތަކަށް ހަމަހިމޭން ހިތްގައިމު މާހައުލެއް ހިމެނޭގޮތަށް ހަދާފައިވާ ގެސްޓް ހައުސްގެ ސަބަބުން އޭދަފުއްޓަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އަސްލަމު ބުންޏެވެ. އެގޮތުން ރަށުގެ އިގްތިސާދު ރަނގަޅުވެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށްވެސް އަސްލަމު ބުންޏެވެ.

ރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމުގެ ގަވައިދުގައިވާ ގޮތުންގެސްޓް ހައުސްއެއް ހިންގަންވާނީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި ގަވައިދާއެއްގޮތުގެ މަތިން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ. ނަމަވެސް ކުރިން އޭދަފުށި ކައުންސިލުން ބުނެފައިވަނީ ގެސްޓް ހައުސް ހިންގުމުގެ ހުއްދައަކީޓޫރިޒަމް މިނިސްޓްރީން ދޫކުރާ ހުއްދައެއް ނަމަވެސް އެކަން ކުރެވޭނީކައުންސިލްގެ ވެސް ހުއްދަ ލިބިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.