ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު 5 ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި “އަހަރެންގެ ބޭންކް ކޮމިނިއުޓީ” ފަންޑުގެ ދަށުން އިތުރު ފަސް ޕްރޮޖެކްޓަކަށް ފަންޑު ކުރަން ނިންމައިފި އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހޮވި މި ޕްރޮޖެކްޓްތަކުގެ ތެރޭގައި

  • ހދ.ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން –- އަމީން މުހައްމަދު
  • ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިންގ ޕޮއިންޓެއް ގާއިމްކުރުން–- ގްލޯބަލް ސިޓިޒަން ސޮސައިޓީ
  • ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން –- އާދަމް ޝަޒީމް
  • ހދ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން –- ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ
  • ތ. ވިލުފުށީގައި އައުޓްޑޯ ޖިމް އެއް ހެދުން – ވަސަނަ  ޖަމިއްޔާ

މި ފަސް ޕްރޮޖެކްޓް ހޮވާފައިވަނީ މިއަހަރުގެ 4 ވަނަ ކްއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިންނެވެ. ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، ބޭންކްގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

“ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް  މިވަނީ އިތުރުވެގެން ގޮސްފަ. މިއާއެކު މިއަހަރުތެރޭ ކޮމިއުނިޓި ފަންޑްގެ ދަށުން މިވަނީ ޖުމްލަ 20 ރަށެއްގައި މުޖުތަމައަށް ނުހަނު ބޮޑަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައި.” އޭނާ ވިދާޅުވި އެވެ.

‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް “އަހަރެންގެ ބޭންކް”ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.