ސަތޭކަ ދުވަހުގެ ތެރޭގައި ފުޓްބޯޅަދަނޑުގެ ވަށާފާރާއި ފެރީ ޓާމިނަލް ނިންމަނީ

ފުޓްބޯޅަ ދަނޑުގެ ވަށާފާޜު ރޭނުމުގެ މަސައްކަތް ކުރަނީ
ފުޓްބޯޅަ ދަނޑުގެ ވަށާފާޜު ރޭނުމުގެ މަސައްކަތް ކުރަނީ

 

ޕީޕީއެމް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޭދަފުށީ މިހާރުގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ފެންވަރު ރަނގަޅުކޮށް ރޭނުމާއި، ފެރީޓާމިނަލް އެޅުމުގެ މަސައްކަތް ނިންމުމަށް އޭދަފުށީ ކައުންސިލުން ކަނޑައަޅައިފި އެވެ.

ކައުންސިލްގެ ރައީސް އަލީ ވަހީދު މިއަދު އީޓީއަށް ވިދާޅުވީ ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރެވިފައިވާ ކަމަށެވެ. އަދި ކުރިޔަށްއޮތް 45 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އެއްބަސްވުމުގައި ހިމެނިފައިވާކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ވަށާފާރު ރޭނުމުގެ މަސައްކަތްވެސް ކޮންޓްރެކްޓް އުސޫލުން ކުރުމަށް މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާ، އެ މަސައްކަތްވެސް ހަފްތާއެއްހާދުވަހުގެ ތެރޭގައި ފެށޭނެކަމަށް ލަފާކުރައްވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެޓޯލް އީކޯސިސްޓަމް ކޮންޒަވޭޝަން ޕްރޮޖެކްޓްގެ ބޮޑުއެހީއެއް ލިބިގެން ކުރިޔަށްދާ ފެރީޓާމިނަލްގެ މަސައްކަތަށް 360،000.00 ރ ހަރަދުވާނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހި ނިމޭއިރު ޓާމިނަލް ތަނބުތައް ޖަހައި ހިޔާކޮށް ނިމޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

މި ޓާމިނަލް އެޅުމަށް ނިންމާފައިވަނީ ހުޅަނގު ހުރަސްވާޓަރާ އިންވެގެން ސްޓޭޖް ސަރަހައްދުގަ އެވެ.  އަލީ ވަހީދު ވިދާޅުވިގޮތުން ފުޓްބޯޅަ ދަނޑުގެ ވަށާފާރުގެ މަސައްކަތަށްވެސް 260،000.00ރ ވަރު ހަރަދުވާނެއެވެ. މި މަސައްކަތަކީ އަމިއްލަ ފަރާތެއްގެ ހިލޭއެހީގައި ކުރެވޭމަސައްކަތެއްކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ.

ކައުންސިލް އިދާރާގެ ފަރާތުން ސަތޭކަ ދުވަހުގެތެރޭގައި ދެ ޕްރޮޖެކްޓެއް ނިންމުމަށް އަމާޒު ހިފާފައިވާއިރު، އަންނަ ފެބުރުއަރީ މަހުގެތެރޭގައި އޭދަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށިދާނެކަމުގެ ފެހިސިގުނަލް މިމަހުތެރޭގައި ހައުސިން މިނިސްޓަރުވަނީ ދެއްވާފައެވެ. އަދި އޭދަފުށީ ރަސްމީ ފުޓްބޯޅަ ސްޓޭޑިއަމް އެކުލެވޭ ސްޕޯޓްސް އެރީނާ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނޭކަމަށް ޒުވާނުންގެ ވަޒީރު މީގެ ދެތިންދުވަސްކުރިން ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. އިލްހާމް އިބްރާހީމް

    ސާބަހޭޢަލީ ވަޙީދޫ، ތިކަން ކޮށްދެއްވައިފިއްޔާ އަލުގަނޑުގެ ވޯޓް ހަމަ ޢަލީ ވަޙީދޫއަށް، ވަރަށް ސަލާމް، ވައްސަލާމް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.