އޭދަފުށީގައި ހުރި އެންމެ ގިނަ ދުވަސްވީ ދެ ނިކަގަސް ކަނޑާލަނީ

އުރީދޫ ޓަވަރު ކައިރީގައި ހުރި ދުވަސްވީ ނިކަގަހެއް. މި ގަހާއެކު އިތުރު ނިކަގަހެއް ކަނޑާލާނެ ފަރާތެއް ހޯދުމަށް ކައުންސިލުންވަނީ އިއުލާން ކޮށްފައި-- އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް
އުރީދޫ ޓަވަރު ކައިރީގައި ހުރި ދުވަސްވީ ނިކަގަހެއް. މި ގަހާއެކު އިތުރު ނިކަގަހެއް ކަނޑާލާނެ ފަރާތެއް ހޯދުމަށް ކައުންސިލުންވަނީ އިއުލާން ކޮށްފައި– އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް

 

ބ. އޭދަފުށީގައި ހުރި އެންމެ ގިނަދުވަސްވީ ދެ ނިކަގަހެއްގެ ސަބަބުން، އާއްމުންނަށް އުނދަގޫވެ އެކަމުގެ ޝަކުވާ ލިބެމުންދާތީ، އެ ގަސްތައް ކަނޑަން ރަށު ކައުންސިލުން ނިންމައިފި އެވެ.

ރަށު ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ މިއަދު ވިދާޅުވި ގޮތުގައި ރަށުގެ ހުޅަނގު ސަހަރައްދު އުރީދޫ ޓަވަރު ކައިރީގައި ހުރި ބޮޑު ނިކަ ގަހަކާއި ހޮސްޕިޓަލާ ދިމާލުން ހުޅަނގު އަތިރިމަތީގައި ހުރި ނިކަގަސް ކަނޑަން ނިންމީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ގޭގެއަށާއި ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ދިމާވާތީ އެކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާތީ އެވެ.

‘މިކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ކުރާތާ ވަރަށް ދުވަސްވެއްޖެ. އެ ގަސްތަކުގެ ސަބަބުން ވާރޭ ފެން ނެގުމުގައި ވެސް ބޮޑެތި ދަތިތަކެއް އެބަހުރި،’  ރިޒާ ވިދާޅުވި އެވެ.

‘އެހެންވެ ތިމާވެއްޓާބެހޭ މިނިސްޓްރީ އާއި އީޕީއޭގެ ހުއްދަ ލިބިގެން ގަސްތައް ކަނޑައި އެ ސަރަހައްދު ސާފުކުރާނެ ފަރާތެއް ހޯދަން ނިންމީ.”

ކައުންސިލުން ބުނީ އެ ގަސްތައް ކަނޑަން ފެށުމާއެކު އެ ގަސްތަކުގެ ބަދަލުގައި އިތުރުގަސްތައް ރަށުތެރޭގައި އިންދުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ތީތި ކަޑަ

    ތިމާވެއްޓާބެހޭ މިނިސްޓްރީ އާއި އީޕީއޭގެ ހުއްދައެއް ނުލިބޭ މިކަން ކުރާކަށް. ކައުންސިލުން އަމިއްލައަށް ނިންމައިގެން އުޅޭ ކަމެއް ތީ. މުޅިން އަމިއްލަ ފައިދާ އަށް.

    ރައްދު
  2. ެއެކޮއެ

    މާ މުއްސަނދި މީހަކު މިސްކިތެއް އަޅައިދޭތީވެ އެ ގަސްތައް އެ ކަނޑާލަނީ. ދެން ހަމަ މިނޫންތަނެއް އެމީހުންނަށް ނުފެނުނީބާ؟

    ރައްދު
  3. އިލްހާމް އިބްރާހީމް

    ވަރަށް މުއްސަދި މީހުން ޢުޅޭވާހަކަ އަހަން އޭދަފުށީގައި، މިހާރު މިޒަމާނުގައި ވާރޭފެން ބޯ މީހުން ރާއްޖޭގަ އުޅޭވާހަކައެއް އަދި ނާހަން މިހާރު މާޅޮހު މީހުންވެސް ބޯނީ މިނަރަލް ވޯޓާރ. ވާރޭފެން ބޯވާހަކަ ބުނީމާ ވަރަށް ހައިރާންވެއްޖެ.

    ރައްދު
  4. Ziyad

    ހެޔޮނުވާވަރުގެ ކަންކަށް ކުރަށް އޭދަފުށީގެ ރަތްޔިތުން ތަރުހީބު ދޭތީ ހަމަ ޙައިރާން ވެއްޖެ، މިވަރުގެ ބޮޑު އެޓްރެކްސަން އެއް ނައްތާުލުން ހެޔޮވެސްނުވާނެ!! ޢެންވައިރު މިނިސްޓްރީއިން މިކަމަށް އެކަށީގެން ވާ ފިޔަވަލެއް ޢެޅުމަށް ގޮވާލަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.