އޮޅުވާލައިގެން މީހުން އަތުން ފައިސާ އަތުލަމުންދާތީ ސަމާލުވުމަށް އަންގައިފި

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު. ފޮޓޯ: ޕޮލިސް މީޑިއާ
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު. ފޮޓޯ: ޕޮލިސް މީޑިއާ

 

މޯލްޑިވްސް ޕޮލިސް ސާރވިސް ވެބްސައިޓް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު ވިދާޅުވީ މިހާރަކަށް އައިސް އެކި ނަމްބަރުތަކުން މީސްމީހުނަށް ގުޅާ ވިޔަފާރިއެއްގެ މަންފާ އޮތްކަން ދައްކައިގެން އޮޅުވާލައިގެން ގިނަ މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްްސަލަތަކެއް ވޭތުވެދިޔަ ހަފުތާއެއްގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބިފައިވާ ކަމަށެވެ.

ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާ އިރު، ތަފާތު އެކު ނަމްބަރުތަކުން ގުޅާ މި މީހުންނަކީ ރާއްޖޭއާ ބެހޭގޮތުން ޑޮކިއުމެންޓްރީއެއް ހަދަން އައިސްއުޅޭ ބޭރުގެ ބަޔަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ބައެއް ކަމަށާއި އެމީހުންގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތާއި އެހީތެރިކަން ފޯރުކޮށްދޭނަމަ، ގިނަ ޢަދަދަކަށް ފައިސާ ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މިގޮތަށް ފޯނުން ކުރާ މުޢާމަލާތްތަކުގެ ތެރޭގައި ޢާންމުކޮށް އެދޭ ކަންތައްތަކުގެ ތެރޭގައި ކެމެރާ ލެންސެއްގެ ވާހަކަ ދެކެވޭ ކަމަށްވެސް ޝަތީޙު ފާހަގަ ކުރެއްވި އެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތަކެއް ތަކުރާރުކޮށް ހުށަހެޅެމުން ދިއުމާއި ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ފާއިތުވި ހަފުތާގައި ހިންގި ޚާއްސަ އޮޕްރޭޝަން ތަކެއްގައި 6ަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މި ކަމުގައި ޝާމިލުވާ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މިފަދަ ފޯންކޯލުތަކަށް ޢާންމު ރައްޔިތުން ސަމާލުވެ، މިފަދަ ކަމަކަށް ޝައްކު ކުރެވޭ މުޢާމަލާތެއް ހިނގާ ނަމަ، ލަސްނުކުރައްވާ އެ މަޢުލޫމާތެއް ފުލުހުންނާ ޙިއްސާ ކުރެއްވުމަށްވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު އެދިވަޑައިގެންނެވި އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.