މަރުޙޫމް އަޙުމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އޮފީސަތުގަގެ މެދުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން.. ފައިލްފޮޓޯ
އޮފީސަތުގަގެ މެދުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން.. ފައިލްފޮޓޯ

އަލްމަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި އަންނަ މަހުގެ 7 ން 17 އަށް ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޭދަފުށީ ޓީމުތަކަށް ކްލަބު ދަ ބިގިނާސް އިން ހުޅުވާލައިފި އެވެ.

ކްލަބް ދަ ބިގިނާސް އިން ބުނީ މުބާރާތުގައި އޭދަފުށިން ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ނުވަ ޓީމު ކަމަށެވެ. އޭގެ އިތުރުން މުބާރާތް ބާއްވާ ފަރާތުން ދައުވަތުދީގެން ބައިވެރިކުރާ 3 ޓީމަކާއެކެ ޖުމްލަ 12 ޓީމު ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ދަ ބިގިނާސްއިން ބުންނެވެ.

ދަ ބިގިނާސް އިން ބުނީ ނުވަ ޓީމު ނެގުމުގައި އެންމެ ފުރަތަމަ ސިޓީ ހުށައަޅާ ޓީމުތަކަށް އިސްކަންދެވޭނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ތުރުކީވިލާތުގެ ރަސްމީ އެއާލައިން ކަމަށްވާ “ޓާކިޝް އެއާލައިން” އިން ސްޕޮންސާ ކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/10000 ރ. އަދި ރަނާ އަޕް ޓީމަށް -/5000ރ. ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މާލެ/ކޮލަންބޯ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ދަ ބިގިނާސް އިން ބުންޏެވެ.

މި މުބާރާތަކީ އަލްމަރުޙޫމް އަޙުމަދު ޝާހީންގެ ހަނދާން އާކޮށް، ބ. އަތޮޅުގެ ރިސޯޓްތަކާއި، އޭދަފުށީ ފުޓްސަލް ޓީމްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫޙާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއި އެކު މަސައްކަތް ކުރުމުގެ ރޫޙް އާލާ ކުރުމާއ،ި ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައި ދިނުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

ދަ ބިގިނާސް އިން ބުނީ މުބާރާތުގެ ގަވައިދު އަދި ރެޖިސްޓްރޭޝަން ފޯމް އެ ކުލަބުގެ އޮފީހުން އަދި އެ ކްލަބުގެ ފޭސްބުކް ޕޭޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ. އެ ކުލްބުގެ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 ން 9:45 އަށެވެ

އަލްމަރުހޫމް އަހްމަދު ޝާހީން ނިޔާވީ 1433 ވަނަ އަހަރުގެ ބޮޑު އިދާ ދިމާކޮށް އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޕްރެކްޓިސް މެޗެއް ކުޅެން ދަނޑުމަތީގައި ހުއްޓައެވެ.

މުބާރާތުގެ ގަވައިދު އަދި ރެޖިސްޓްރޭޝަން ފޯމް ޑައުންލޯޑްކުރައްވާ (ޕީޑީއެފް ފޯމެޓްގައި)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.