ހިތާދޫ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ

ހިތާދޫގައި ލަކުޑި އެޅުމަށް ޚައްޞަ ކޮށްފައިވާ ކުނިގޮނޑުގައި އަލިފާން ރޯވެފައި މިއަލިފާްންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ ފޮޓޯ- ހިތާދޫ އޮންލައިން
ހިތާދޫގައި ލަކުޑި އެޅުމަށް ޚައްޞަ ކޮށްފައިވާ ކުނިގޮނޑުގައި އަލިފާން ރޯވެފައި މިއަލިފާްންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ ފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫ ބަނދަރު ހުޅަނގު ކޮޅުގައި ލަކުޑިއެޅުމަށް ޚާއްސަ ކޮށްފައިވާ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ އެވެ.

ހިތާދޫ ކައުންސިލު އިދާރާގެ އެސިސްޓެންޓު ޑިރެކްޓަރު އަޙަމްދު މުޙައްމަދު ވިދާޅުވީ އިއްޔެ ހަވީރު ބަނދަރު ހުޅަނގު ސަރަހައްދުގައި ލަކުޑި އެޅުމަށް ހާއްސަ ކޮށްފައިވާ ކުނިގޮނޑުގައި އަލިފާން ރޯވެފައިވާ ޚަބަރު ލިބުމުން ވަގުތުން ރައްޔިތުންނަށް ގޮވައި އަލިފާން ގަނޑު ނިއްވާލުމުގެ މަސައްކަތް ފެށިކަމަށެވެ.

“މިއީ ބަޔަކު ގަސްތުގައި ކުރިކަމެއްކަމެއް ނުވަތަ ނޫންކަމެއް ދަންނަވާން ނޭނގޭ” އަހްމަދު ވިދާޅުވި އެވެ

މަންޒަރު ދުއްމީހަކު ބުނިގޮތުގައި އިއްޔެ މެންދުރުވެސް އެ ސަރަހައްދުން ދުން އަރާތަން ފެނުނު ކަމަށާއި އޭރު ހީކުރީ ބަޔަކު މަސްފިހަން އުޅުނީކަމަށެވެ.

މިއަލިފާންގަނޑު ނިއްވާލެވުނީ ރައްޔިތުންގެ އެހީތެރިކަމާއެކު ގާތްގަނޑަކަށް ހަވީރު ފަހެއް ޖެހިއިރު އެވެ. މިހާދިސާގައި އެއްވެސް މީހެއްގެ މުދަލަކަށް އަދި އެއްވެސް މީހަކަށް ގެއްލުމެއްނުވެއެވެ.

ހުސްވި 2013 ވަނަ އަހަރުގެ އޯގަސްޓު 18 ވަނަ ދުވަހުވެސް ވަނީ މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެފަހަރު ހިތާދޫ ދަޅުފުޅި އެޅުމަށް ހާއްޞަ ކޮށްފައިވާ ކުނިކޮށީގައި އަލިފާން ރޯވެ ވަނީ 75000 ރުފިޔާގެ ގެއްލުން ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.