މަޝްހޫރު އެކްޓަރ އަދި ޕްރޮޑިއުސަރ ޖޯން އެބްރަހަމް ކައިވެނި ކޮށްފި

ޖޯން އަބްރަހަމް އާއި އޭނާގެ އަންހެނުން ޕްރިޔާ
ޖޯން އަބްރަހަމް އާއި އޭނާގެ އަންހެނުން ޕްރިޔާ

ދެ ފަރާތުގެ ޢާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ ކުރިމަތީގައި ޖޯން އެބްރަހަމް އާއި ޕްރިޔާ ރުންޗަލް ކައިވެނި ކުރީ އެމެރިކާގަ އެވެ.

ކައިވެނި ކުރުމަށް ޗުއްޓީ ނަގައިގެން އެމެރިކާގައި އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ޢުމުރުން 41 އަހަރުގެ ޖޯން އަބްރަހަމްވެސް ވަނީ ކައިވެނި ކުރިކަން ޓްވީޓަރ މެދުކޮށް ޔަގީން ކޮށްދީފައެވެ.

އެމެރިކާގައި ކައިވެނި ކުރުމަށް ޖޯން ގަސްދު ކުރީ ޕްރިޔާގެ ޢާއިލާ ދިރިއުޅެނީ އެމެރިކާގައި ކަމަށް ވާތީ އެވެ.

މަޝްހޫރު އެކްޓްރެސް ބިޕާޝާ ބާސޫ އާ ލޯބީގެ ގޮތުން ކުރިން ގުޅިގެން އުޅުނު ޖޯން އަބްރަހަމް އާ ޕްރިޔާ ބައްދަލުވީ 2010 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މުމްބާއީ އިންނެވެ.

ޖޯންގެ ކައިވެނީގެ އުފަލުގައި ބޮލީވުޑްގެ ގިނަ ފަންނާނުން ދަނީ ޖޯން އާއި އޭނާގެ އަލަތު އަނބިމީހާ ޕްރިޔާއަށް މަރުޙަބާގެ މެސެޖުތައް ފޮނުވަމުން ނެވެ.

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. nasheet

    ެޮިިޮިެަަައޭދަފުށި ޓައިމްސް ގެ އެކްސްކްލޫސިވް ރައިޓްސް ރެޑްވޭވް ސަލީމް ވަނީ ބޮޑު އަގު ދީގެން ގަނެފަ. އެހެން އެއްވެސް މީހަކަށް ދެން އީޓީ އަކުން ޖާގަ އެއް ނުދެވޭނެ. ވީއިރު ޔަޒީދު ނުވަތަ މުއާގެ ބެނަރ އެއް މިއަކު ނުޖެހޭނެ. މިކަން ހިގާ ގޮތެައް ސާފު ކުރަން ބޭނުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.