ސީސީ ކަޕްގެ ޓީމުތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ފަށާ “ސީސީ ކަޕް ފުޓްސަލް ޓޯނަމެންޓް 2012” ގައި ބައިވެރިވެފައިވާ ޓީމުތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

15 ޓީމު ވާދަކުރާ މި މުބާރާތުގެ ޓީމުތަކަށް އެސްއެމްއެސް ކުރާނެ ގޮތާއި ޓީމްތަކަށް ދީފައިވާ ކޯޑް އަދި އެސްއެމްއެސް ފޮނުވާނެ ގޮތްތައް އީޓީ ވެބްސައިޓުން ފެންނަން އިންނާނެ އެވެ. ޓީމުތަކަށް އެސްއެމްއެސް ކުރާނީ ސީސީ ޖަހާފައި ސްޕޭސް ދީފައި ޓީމުގެ ކޯޑު ޖެހުމަށް ފަހު 4212 އަށެވެ. މިއީ ދިރާގު އަދި ވަތަނިއްޔާގެ ކަސްޓަމަރުންނަށް ހުޅުވިފައިވާ ފުރުސަތެކެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޝެލް ޓެކް ސޮލިއުޝަންސް އާއި އީޓީ ގުޅިގެން މި ޙިދުމަތް ފަރުމާކޮށްދީފައިވަނީ ޓީމްތަކަށް އެސްއެމްއެސް ކުރުމުން އީޓީ އިން ވަގުތުން އަޕްޑޭޓްސް ފެންނަގޮތަށެވެ.

ސީސީ އިން ބުނިގޮތުގައި އޭދަފުށީގައި މުޅިން އަލަށް ފަށާ މި ޚިދުމަތުގެ މަގުސަދަކީ އެންމެގިނަ ސަޕޯޓަރުންނާއި އެންމެގިނަ ބަޔަކު ތަށި ގެންނާނެކަމަށް ލަފާކުރާ ޓީމެއް ބެލުން ކަމަށެވެ.

އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތީ މުބާރާތުގެ ފައިނަލްމެޗު ފެށުމާ ހަމައަށެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ މިމަހު 23 ވަނަ ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.