އައިޕެޑާއި އައިފޯން އަދި އެންޑްރޮއިޑް ޑިވައިސްތަކުން މިހާރު އީޓީ ބޭނުންކުރެވޭނެ

ބ. އަތޮޅުގެ ކޮމިޔުނިޓީއަށް ޚާއްސަކޮށްގެން ނެރޭ އޮންލައިން ނޫސް އޭދަފުށީ ޓައިމްސް (އީޓީ) ވަކި އެޕްލިކޭޝަނެއް ބޭނުންނުކޮށް އައިޕެޑާއި އައިފޯން އަދި އެންޑްރޮއިޑް ޑިވައިސްތަކުން ވެސް މިހާރު
ބޭނުންކުރެވޭނެ އެވެ.

މި ޚިދުމަތަކީ ކިޔުންތެރިންނާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީގެ ތެރެއަށް ހުޅުވާލެފިވައިވާ އޮންލައިން ނޫހަކަށް އީޓީ ހެދުމަށްޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ތައާރަފު ކުރެވުނު ޚިދުމަތެކެވެ.

މި ޚިދުމަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އީޓީ އޮންލައިން ނޫސް ތަރައްގީ ކުރާ ކޮންސަލްޓަންސީފާމް، ސެލްޓެކް ސޮލިއުޝަން އިން ބުނީ އިއްޔެ އިން ފެށިގެން މޯބައިލް ފޯނާއި އައިޕެޑު ތަކުން އީޓީ ވިއުކުރެވޭނެ ކަމަށެވެ

“އޮޕެރާ އަދި ފަޔާފޮކްސް މޯބައިލް ބްރޯޒާގައި އެއްވެސް އުނދަގޫ ކަމެއް ނެތި ވިއުކުރެވޭނެ. އެހެންކަމުން ތާނަ ފޮންޓްތައް ޑިސްޕްލޭކުރުމުގައި މިހާރުގެ ވެބްސައިޓްގައި ދިމާވާ މައްސަލަތަކެއް ނުހުންނާނެ،” ސެލްޓެކް ސޮލިއުޝަންގެ އޮފިސަލު ވިދާޅުވި އެވެ.

އީޓީ ތަރައްޤީ ކުރުމަށްޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކިޔުންތެރިންނާ ރައްޓެހި މިފަދަ އިތުރު ކަންތައްތަކެއް ވަރަށް އަވަހަށް ތަޢާރަފް ވެގެން އަންނާނެކަމަށް އީޓީގެ އާ ވެބްސައިޓް ޑިސައިންކޮށް އަދި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސެލްޓެކް ސޮލިއުޝަން އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.