ނޯތް ޕޮލިސް ޑިވިޝަން ކަޕް ފަށައިފި

އޭދަފުށީ ޕޮލިސް ޓީމް
އޭދަފުށީ ޕޮލިސް ޓީމް

 

ނޯތް ޕޮލިސް ޑިވިޝަނުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްސަދުގައި “ނޯތް ޕޮލިސް ޑިވިޝަން ކަޕް 2014” ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށަފައިފ ިއެވެ.

އިއްޔެ ހަވީރު ބޮޑުބެރުގެ ހަރަކާތްތަކާއި އެކު ބ. އޭދަފުށިީގައި ފެށި މި މުބާރާތުގައި ނޯތް ޕޮލިސް ޑިވިޝަނުގެ ހަތަރު އަތޮޅުން ވާދަކުރެއެވެ. މުބާރާތް ކުރިއަށް ދާނީ ހޯމް އެންޑް އަވޭ އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލް ކުޅޭގޮތަށެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި  ނ. އަތޮޅު ޕޮލިހާއި ބ. އަތޮޅު ޕޮލިސް ބައްދަލުކުރި މެޗް 03 ލަނޑު 01 ލަނޑުން ކާމިޔާބުކުރީ ބ. އަތޮޅު ޕޮލިސް ޓީމެވެ. އިއްޔެގެ މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ނ. އަތޮޅު ޕޮލިސް ޓީމެވެ. މެޗްގެ ފުރަތަމަ ހާފްގައި މ ިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޮލިސް ކޯޕްރަލް މުޙައްމަދު ބިޝާއުއެވެ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑުކާމިޔާބުކޮށްދިނީ މެޗްގައި މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ޕޮލިސް ސާރޖަންޓް ސިމާން ސައީދުއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފަހު، ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މޮޅު ކުޅުމެއް ދެއްކި ޕޮލިސް ލ. ކޯޕްރަލް ހަސަން ހަމީދުއެވެ.

އިއްޔެ ކުޅެވުނު މެޗް ޝަރަފްވެރިކޮށްދެއްވާ މުބާރާތް ފައްޓަވައިދެއްވީ ނޯތް ޕޮލިސް ޑިވިޝަނުގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރުއެވެ.

މިމުބާރާތުގެ މެޗެއް ދެން ކުޅެވޭނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.