ބ. އަތޮޅުގެ ބައެއް ރަށަރަށް ފެނަށް ޖެހިފައި

ގޮއިދޫ ކުޑަ ކުދިންތަކެއް-
ބ. ގޮއިދޫ އާއި ހިތާދޫ އަދި ކިހާދޫ ފެނަށް ޖެހިފައިވާތީ އެ ރަށްތަކަށް ފެން ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ އިމަޖެންސީ އޮޕަރޭޝަން އޮފިސަރު މުހައްމަދު ދީދީ މިއަދު ވިދާޅުވި ބ. އަތޮޅުގެ ތިންރަށުގެ އިތުރުން އިތުރު ފަސްރަށެއް ފެނަށް ޖެހިގެން ފެން ފޯރުކޮށް ދިނުމަށް އެދިފައިވާ ކަމަށެވެ. އެ ރަށްތަކަކީ ރ. ރަސްމާދޫ އާއި ހދ. މަކުނުދޫ އާއި ލ. ފޮނަދޫ އާއި ތ. ކަނޑޫދޫ އަދި އެ އަތޮޅު އޮމަދޫ ކަމަށް ޑިސާސްޓަ ސެންޓަރުން ބުނެއެވެ.

އެ ސެންޓަރުގެ އިމަޖެންސީ އޮޕަރޭޝަން އޮފިސަރު މުހައްމަދު ދީދީ މިއަދު ވިދާޅުވި ގޮތުގައި ފެނަށް ޖެހިގެން ފެން ފޯރުކޮށް ދިނުމަށް އެދިފައިވާ ރަށްތަކަކީ ބ. ގޮއިދޫ އާއި އެ އަތޮޅު ހިތާދޫ އާއި ކިހާދޫ އާއި ރ. ރަސްމާދޫ އާއި ހދ. މަކުނުދޫ އާއި ލ. ފޮނަދޫ އާއި ތ. ކަނޑޫދޫ އަދި އެ އަތޮޅު އޮމަދޫ އެވެ.

މި އަހަރުގެ އިރުވައި މޫސުމުގައި ގިނަ އަދަދެއްގެ ރަށްތަކެއް ފެނަށް ޖެހުމުގެ ސަބަބުން، އިމަޖެންސީގައި ފެން ފޯރުކޮށް ދޭން ހުރި ބަޖެޓް ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށް މުހައްމަދު ދީދީ ވިދާޅުވި އެވެ.

“އިމަޖެންސީގައި ފެން ފޯރުކޮށް ދިނުމަށް ދީފައިވާ ހަތަރު މިލިއަން ރުފިޔާ ވަނީ ގާތްގަނޑަކަށް ހުސްވެފައި. އެހެންވެ އިތުރަށް ހަރަދުކުރުމަށް ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ. ހުއްދަ އަށް މާދަމާ އެދޭނަން،” އޭނާ ވިދާޅުވި އެވެ.

ބައެއް ރަށްރަށް އަތޮޅުގެ އެހެން ރަށްރަށުން ފެން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުހައްމަދު ދީދީ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.