އަންނަ ފިތުރު އީދު ބަންދުގައި ބ. ހިތާދޫ އަށާއި ތުޅާދޫއަށް އެމްޓީސީސީން ވަރަށް ޚާއްޞަ އަގުތެކެއް ގައި ފެރީދަތުރު ތަކެއް ކުރަން ނިންމައިފި އެވެ.
އެމްޓީސީސީން ބުނީ، މިދަތުރުތައް ބާއްވަން ނިންމީ ޢީދު ބަންދުތަކަކީ ވަރަށް ގިނަ ބަޔަކު ރަށަށް ދާން ބޭނުވާ ދުވަސްތަކަށްވެފައި މިފަދަ ދުވަސްވަރު ރަށްރަށުގެ މީހުންނަށް ރަށަށް ގޮސް އައުމުގައި ވަރަށް ގިނަދަތިތަކާއި ކުރިމަތިވާތީ އެކަން ހައްލުކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށެވެ.
މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16، 17، 18 އަދި 24، 25 މާލެ ހިތާދޫ ތުޅާދޫ އަދި ތުޅާދޫ ހިތާދޫ މާލެ އަށެވެ.
މިދަތުރު ތަކުގައި ދެކޮޅަށް ނެގުމަށް ހަމަޖެހިފައިވަނީ 700 ރުފިޔާ އެވެ. ދަތުރު ތަކާއި ބެހޭގޮތުން މަޢްލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3001447، 3001446، 3305050 ނަންބަރުތަކާއި ގުޅުއްވުމަށް އެމްޓީސީސީން އެދެއެވެ.
އެމްޓީސީސީ އަކީ ބ. އަތޮޅަށް ގިނަދުވަސްތަކެއްވަންދެން ފެރީގެ ޚިދުމަތް ދީފައިވާ ކުންފުންޏެކެވެ.
— އާމިރު އަބްދުއްލަތީފް.