ޔޫތް ޗެމްޕިއަންޝިޕް މި މަހު 25ގައި ފަށަނީ

2013 ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ކުލަބް އާއި ވީބީ އައްޑޫ އެފް ސީ ބައްދަލު ކުރި މެޗުގެ ތެރެއިން
2013 ވަނަ އަހަރު އޭދަފުށީ ޒުވާނުންގެ ކުލަބް އާއި ވީބީ އައްޑޫ އެފް ސީ ބައްދަލު ކުރި މެޗުގެ ތެރެއިން

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިޔާ އާއި ކްލަބް އީގަލްސް ލައްވައިލައިފި އެވެ.

އެފްއޭއެމްއެމް ހައުސްގައި އިއްޔެ ބޭއްވި ގުރުއަތު ލުމުގައި ޓީމުތައް ތިން ގްރޫޕްކަށް ވަނީ ބަހާލައިފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާއިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ހަތަރުޓީމެވެ.

ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ، ކްލަބު ވެލެންސިޔާ އާއި ކްލަބު އީގަލްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބު ގްރީން ސްޓްރީޓް އެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޓީމު ތަކަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވައިކަރަދޫ އެފްސީގެ އިތުރުން ވޭރު ސްޕޯޓްސް ކްލަބެވެ.

ގްރޫޕް ތިނެއްގައި ހިމެނޭ ހަތަރު ޓީމަކީ، މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސް އާއި ކެލާ ނާޅި ސްޕޯޓްސް އާއި އޯލް ޔޫތު ލިންކޭޖްގެ އިތުރުން އޭދަފުށީ ޒުވާނުންގެ ކްލަބެވެ.

ހޮނިހިރު ދުވަހު ހަވީރު ފަށާ މުބާރާތުގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި އެރޭ 9:00ގައި ވާދަކުރާނީ، މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އަދި އަންނަ އާދީއްތަ ދުވަހު ހަވީރު ގްރޫޕް ތިނެއްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ނިއު އާއި މާޒިޔާ އެވެ.

ސާފް ޗެލެންޖް ކަޕަށް ގަލޮޅު ދަނޑު މަރާމާތު ކުރަމުން ގެންދާތީ އެފްއޭއެމް އިން ހަމަޖައްސާފައިވަނީ، މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ހުރިހާ މެޗުތަކެއް ވެސް އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައި ކުޅޭ ގޮތަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ފަށާ މުބާރާތުގެ މެޗުތައް ހަވީރާއި ރޭގަނޑު ކުޅުމަށް ވަނީ ހަމަޖައްސާފަ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.

އޭދަފުށީ ޒުވާނުންގެ ކުލަބްގެ ޓީމު ލިސްޓް
އޭދަފުށީ ޒުވާނުންގެ ކުލަބްގެ ޓީމު ލިސްޓް

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.