މުސްލިމަކު ޖާހިލް ވެގެން ނުވާނެ ކަންތައް

Untitled-7

ކޮންމެ މުސްލިމަކަށް އިސްލާމް ދީން އެގުމަކީ ކޮންމެ ހެން ކުރަން ޖެހޭނެ ކަމެކެވެ.  އެމީހަކަށް ވީމިންވަރަކުންއިސްލާމް ދީނުގެ އުސޫލް ތަށް ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ޢިލްމު އުގެނުމަށް މަސައްކަތް ކުރުމަކީ  ކުރަން ޖެހޭ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. {طَلَبُ العِلْمِ فَرِيْضَةٌ عَلَى كُلِّ مُسْلِمٍ ومُسْلِمَة} .

މާނައަކީ: “(ކޮންމެ މީހަކުވެސް އެ މީހަކަށް ބޭނުންވާ އަސާސީ މިންވަރަށް) ޢިލްމު އުގެނުމަކީ ކޮންމެ މުސްލިމު ފިރިހެނަކާއި ކޮންމެ މުސްލިމު އަންހެނެއްގެ މައްޗަށް ފަރުޟު ވެގެންވާ ކަމެކެވެ.”

އެހެން ކަމުން އެމީހަކަށް  އެގިފައިވާ މިންވަރަކުން ދީނުގެ ކަންކަން މީހުންނަށް އޮޅުން ފިލިވައިދެވޭނެއެވެ. އެހެން ނަމަވެސް ޝަރްޢީ ޙުކުމް ތަކުގެ މައްޗަށް ބިނާކޮށް ފަތުވާ ދެވޭނީ އެކަމުގެ އަހުލުވެރިން ނަށެވެ. ދީނުގެ އަޚްލާޤިއްޔާތާ، ނަމާދު، ރޯދަ، ޒަކާތް ، ޙައްޖު ފަދަ އަސާސީ ކަންކަން، މީހުންނަށް އޮޅުން ފިލުވައިދެވޭނީ ފޮތް ފޮތުގައި ލިޔެވިފައިވާ ގޮތަށް ނުވަތަ ޢިލްމުވެރި އެއްގެ ފަރާތުން ތިމާއަށް ލިބިފައިވާ މަޢްލޫމާތު ތަކެވެ.

މުސްލިމު ކޮންމެ ފިރިހެނަކާއި މުސްލިމު ކޮންމެ އަންހެނަކު އެ މީހަކަށް ބޭނުންވާ އަސާސީ މިންވަރަށް ޢިލްމު އުގެނުމަށް އަންގަވައި އަމުރުކުރެއްވުމުން ދޭހަކޮށްދޭ އެއްޗަކީ ކޮންމެ މުސްލިމަކުވެސް އެ މީހެއްގެ އަމިއްލަ ނަފްސަށް މުސްލިމެއްގެ ނަމާއި ލަޤަބު ދޭ ކޮންމެ މީހަކީ ޢިލްމު އުގެނި ތަޢްލީމް ޙާޞިލުކުރަން ޖެހޭނެ މީހެއްކަމެވެ. އަދި އެއީ އެފަދަ ކޮންމެ މީހެއްގެ މައްޗަށް ޝަރުޢީގޮތުން ލާޒިމުކުރާ ކަމެކެވެ. މީސްތަކުންނަށް އިސްލާމްދީން ހުށަހަޅައި އެމީހަކަށް އެގޭމިންވަރަކުން އިސްލާދީން ފަތުރަން މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

އިސްލާމްދީން ފަތުރާ ކުރިއެރުވުމުގެ މި މާތް މަސައްކަތުގެ ސަވާބު ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީސްކުރައްވާފައި ވެއެވެ. {من دعا إلى هدى كان له من الأجر مثل أجور من تبعه لا ينقص ذلك من أجورهم شيئا، ومن دعا إلى ضلالة كان عليه من الإثم مثل آثام من تبعه لا ينقص ذلك من آثامهم شيئا} . މީހަކު މީހަކަށް ހެޔޮ ކަމަކަށް މަގު ދައްކައިފިނަމަ އެ ހެޔޮމަގު ދެއްކުނު މީހާ އެ ހެޔޮ މަގުގައި ކުރާ ހުރިހާ ހެޔޮކަމެއްގެ ސަވާބާއި ދަރުމަ އެ މީހަކަށް ލިބިފައި ހަމަ އެ ދަރުމައާއި ސަވާބު އެ މިންވަރަށް އެއްވެސް އުނިކަމެއް އައުމަކާ ނުލައި އެ މީހަކަށް ހެޔޮމަގު ދެއްކި މީހާއަށް ވެސް ލިބޭނެއެވެ. އަދި މީހަކު މީހަކަށް މަގުފުރެދުމުގެ މަގު ދައްކައިފިނަމަ އެ މަގުފުރެދުމުގެ މަގު ދެއްކުނު މީހާ އެ މަގުފުރެދުމުގެ މަގުގައި ކުރާ ހުރިހާ ފާފަ އެ މީހަކަށް ލިބިފައި ހަމަ އެ ހުރިހާ ފާފަ އެ މިންވަރަށް އެއްވެސް އުނިކަމެއް އައުމަކާ ނުލައި އެ މީހަކަށް މަގުފުރެދުމުގެ މަގު ދެއްކި މީހާއަށް ވެސް ލިބޭނެއެވެ.

އިސްލާމްދީން އުގެނުމަށާއި އުގަންނައިދިނުމަށް އޮތް މިންގަޑު މަރަށް ސާފު ޢިބާރާތުން އަންނަނި ޙަދީޘް ޘާބިތު ވެއެވެ.

عن عُمرَ -رَضِي اللهُ عَنْهُ- قالَ: بَينَما نَحْنُ جُلُوسٌ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذاتَ يَوْمٍ إذْ طلَعَ عَلَيْنا رَجُلٌ شَديدُ بَيَاضِ الثِّيابِ، شَديدُ سَوادِ الشَّعْرِ، لا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلا يَعْرِفُهُ مِنَّا أَحَدٌ، حتَّى جَلَسَ إلى النَّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَأَسْنَدَ رُكْبَتَيْهِ

إِلى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ على فَخِذَيْهِ؛ قالَ: يا محمَّدُ، أَخْبِرْنِي عَنِ الإسْلامِ.

فَقالَ رسولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: “الإِسْلاَمُ أَنْ تَشْهَدَ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلاَةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِليْهِ سَبِيلاً “

قالَ: صَدَقْتَ.

قالَ: فَعَجِبْنا لَهُ، يَسْأَلُهُ وَيُصَدِّقُهُ.

قالَ: فَأَخْبِرْنِي عَنِ الإيمانِ.

قالَ: “أَنْ تُؤْمِنَ بِاللهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَاليَوْمِ الآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِِ”

قالَ: صَدَقْتَ.

قالَ: فَأَخْبِرْني عَنِ الإحسانِ؟

قالَ: “أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فإِنَّهُ يَرَاكَ”

قالَ: فَأَخْبِرْني عَنِ السَّاعةِ.

قالَ: “مَا الْمَسْؤُولُ عَنْها بِأَعْلَمَ مِنَ السَّائِلِ”

قالَ: فَأخْبِرْني عَنْ أَمَاراتِها.

قالَ: “أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ، يَتَطاوَلُونَ فِي الْبُنْيَانِ”

قالَ: ثُمَّ انْطَلَقَ، فَلَبِثْتُ مَلِيًّا.

ثُمَّ قالَ لي: “يا عُمَرُ، أَتَدْرِي مَنِ السَّائِلُ؟”

قُلتُ: اللهُ وَرَسُولُهُ أَعْلَمُ.

قالَ: “فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ”رواه مسلِمٌ.

މާތްﷲ ރުއްސުންލެއްވި ޢުމަރުގެ ފާނު އަރިހުންރިވާވެގެންވެއެވެ. އެކަލޭގެ ފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާގެ އަރިހުގައި، ތިމަންބޭކަލުން އެއްދުވަހަކު ތިއްބަވަނި ކޮށް، އެތަނަށް ބޭކަލަކު ވަޑައިގެންފިއެވެ. ހެދުންކޮޅުގައިވަނީ ގަދަވެގެންވާ ހުދުކުލައެވެ. އަދި އިސްތަށި ފުޅުގައިވަނީ ގަދަވެގެންވާ ކަޅުކުލައެވެ. ދަތުރެއްކުރެއްވި އެއްވެސްޢަލާމާތެއް އެބޭކަލެއްގެ ހަށިކޮޅުން ނުފެނެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކަށް އެއީ ކޮންބޭކަލެއްކަން ދެނިވަޑައިނުގަންނަވައެވެ. ތިމަންބޭކަލުން ބަލަހައްޓަވައިގެން ތިއްބަވަނިކޮށް، އެބޭކަލަކު ވަޑައިގެން ދެކަކޫފުޅު، އިތުރު އެކަލޭގެ ފާނުގެ ދެކަކޫފުޅުގައި ޖައްސަވައިގެން އިށީދެވަޑައިގެންފިއެވެ. އަދި އެބޭކަލެއްގެ ދެއަތް ތިލަފުޅު، އިތުރު އެކަލޭގެ ފާނުގެ ދެފައިންޕުޅުގެ ފަލަމަސްގަޑުގެ މަތީގައި ބާއްވަވާ ފައި ވިދާޅުވިއެވެ

އެހިދު އެބޭކަލަކު ކީރިތި ރަސޫލާ އާ ސުވާލު ކުރެއްވިއެވެ. އިސްލާމް ކަމަކީ ކޮބައިކަން ނިކަން ވިދާޅުވެ ދެއްވަބަލާށެވެ.

ކީރިތި ރަސޫލާ ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. އިސްލާމް ކަމަކީ، ﷲފިޔަވައި ޙަޢްޤުވެގެން އަޅުކަން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށާއި މުޙައްމަދުގެ ފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ.އަދި ނަމާދު ޤާއިމް ކުރުމެވެ.އަދި ޒަކާތް ދިނުމެވެ. އަދިރަމަޟާން މަހު ރޯދަ ހިފުމެވެ. އަދި ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކުޢުބަތުއްﷲ ގެފުޅަށްޙައްޖުވުމެވެ.

އެބޭކަލަކު ވިދާޅުވިއެވެ. ތިޔަވިދާޅުވީ ތެދުބަސްފުޅެކެވެ.

ޢުމަރުގެ ފާނު ވިދާޅުވިއެވެ. އެބޭކަލެއްގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖައިބު ވެވަޑައިގެން ތިއްބެވީމުއެވެ. އެއީ  އެބޭކަލަކު އިތުރު އެކަލޭގެ ފާނުގެ އަރިހުން ސުވާލު އަައްސަވައި އެސުވާލު ތަކަށް އެކަލޭގެ ފާނު ޖަވާބު ދެއްވާބަކީ ތެދުކަމުގައި ވިދާޅުވާތީއެވެ.

ދެން އެބޭކަލަކު ވިދާޅުވިއެވެ.

އީމާން ކަމަކީ ކޮބައިކަން ތިމަންކަލޭގެ ފާނަށް ނިކަން ވިދާޅުވެ ދެއްވަބަލާށެވެ.

އިތުރު އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ.އީމާންކަމަކީ:

الله ސުބުޙާނަހޫވަތަޢާލާ އަށް އީމާންވމާއި، މަލާއިކަތުންނަށް އީމާންވުމާއި، ފޮތްތަކަށް އީމާންވުމާއި، ރަސޫލުންނަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.

އެބޭކަލަކު ވިދާޅުވިއެވެ. ތިޔަވިދާޅުވީ ތެދުބަސްފުޅެކެވެ.

އެބޭކަލަކު ވިދާޅުވިއެވެ.

އިޙްސާންތެރިކަމަކީ ކޮބައިކަން ތިމަންކަލޭގެ ފާނަށް ނިކަން ވިދާޅުވެ ދެއްވަބަލާށެވެ.

އިތުރު އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ. އިޙްސާންތެރިކަމަކީ:

އެއީ ތިބާ، ﷲ އަށް ދެކެދެކެ ހުރިޙާލުގައި އެކަލާންގެ އަށް އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައި ވަނީނަމަ، އެކަލާނގެ ތިބާ ދެކެވޮޑިގެން ވެއެވެ.

އެބޭކަލަކު ވިދާޅުވިއެވެ.

ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން ތިމަންކަލޭގެ ފާނަށް ނިކަން ވިދާޅުވެ ދެއްވަބަލާށެވެ.

އިތުރު އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ.

ސުވާލު ކުރާފަރާތަށް އެކަން އެގިވަޑައިގެންފައިވާ ވަރަށް ވުރެ ބޮޑަށް، ސުވާލު ރައްދުވާ ފަރާތަށް އެކަން އެނގި ވަޑައިގެނެއް ނުވެއެވެ.

އެބޭކަލަކު ވިދާޅުވިއެވެ.

ޤިޔާމަތްވުމުގެ ޢަލާމާތް ތަކަކީ ކޮބައިކަން ތިމަންކަލޭގެ ފާނަށް ނިކަން ވިދާޅުވެ ދެއްވަބަލާށެވެ.

އިތުރު އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ.

އަޅުއަންހެނާ އޭނާގެ ސާހިބު މީހާއަށް ބަލިވެ އިނުމާއި، އަދި ފައިވާނަށް ނާރާ،ޢައުރަ ނިވާނުކޮށްއުޅޭ ފަޤީރު ހުއިހައްޕާމީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުންގެންދިއުމެވެ.

ޢުމަރުގެ ފާނު ވިދާޅުވިއެވެ.

ދެން އެބޭކަލަކު ވަދާއިގެން ފިއެވެ. އެއަށް ފަހު، އެކަމާމެދު ފިކުރު ފުޅު ކުރައްވަން ތިމަން ކަލޭގެ ފާނު އިންނަވަނި ކޮށް، އިތުރު އެކަލޭގެ ފާނު ޙަދީޘް ކުރެއްވިއެވެ.

އެއީ ކޮންބޭކަލެއްކަން ޢުމަރުގެ ފާނަށް އެގިވަޑައި ގަންނަވަމުތޯއެވެ.

އިތުރު އެކަލޭފާނު ޙަދީޘް ކުރެއްވިއެވެ.

އެއީ، ޖިބްރީލްގެ ފާނެވެ. އެކަލޭގެ ފާނު އެ ވަޑައިގެންނެވީ، ތިޔަބޭކަލުންނަށް، ތިޔަބޭކަލޫންގެ ދީން އުގަންނަވައި ދެއްވުމަށްޓަކައެވެ.

 އިސްލާމްދީނުގެ މައިގަޑު ހަތަރު އުސޫލަކީ މިޙަދީޘް ގައި ބަޔާން ކުރެވިފައިވާ  މައިގަޑު 4ބައެވެ.

ﷲ ގެ ވާގިފުޅައިގެން ކުރިއަށް އޮތް ތަނުގައި މިއިން ކޮންމެ ބައެއް ކޮންމެވެސް މިންވަރެއްގެ ތަފްޞީލް ތަކެއް ހުށަ އެޅޭތޯ މަސައްކަތް ކުރާނަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.