މޯލްޑިވްސް ޗިކަން ފާމުން ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވްސް ޗިކަން ފާމް ފައިލްފޮޓޯ- ހިތާދޫ އޮންލައިން
މޯލްޑިވްސް ޗިކަން ފާމް ފައިލްފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫ ގައި ކުކުޅު އާލާކުރާ މޯލްޑިވްސް ޗިކަން ފާމުން އެރަށުގެ ރައްޔިތުންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވްސް ޗިކަން ފާމުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 20-31 ގެ ނިޔަލަށް ސްޓޮކް ހުސްވަންދެން ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ މީހަކަށްވެސް ދުވާލަކު ގިނަވެގެން ވިއްކޭނީ އެއްޓްރޭ ބިސްކަމަށާއި އާއްމުކޮށް 150 ރުފިޔާއަށް ވިއްކަމުން ދިޔަ ކުކުޅު މި ޕްރޮމޯޝަން ގައި ވަރަށްބޮޑުތަން އަގު ހެޔޮކޮށްފައިވާނެކަމަށްވެސް މޯލްޑިވްސް ޗިކަން ފާމުން ބުނެއެވެ.

ޕްރޮމޯޝަންގައި ދިރޭ ކުކުޅު ކިލޯެއް 60 ރުފިޔާއަށް ލިބޭއިރު، ކަތިލާ ނޮޅާ ސާފުކުރުމަށްފަހު ކިލޯއެއް ވިއްކަނީ 70 ރުފިޔާ އަށެވެ. ކުކުޅު ބިހެއް 2 ރުފިޔާއަށް ލިބެން ހުރިއިރު، ބިސް ޓްރޭއެއްގެ އަގަކީ 50 ރުފިޔާ އެވެ. ފާމުން އުފައްދާ ގަސްކާނާ ކިލޯއެއް ލިބެންހުރީ 20 ރުފިޔާ އަށެވެ.

މިތަކެތި ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 11:00 އަށް ފާމްގެ ސްޓޯރ (ހިޔާގެއިން) ކަމަށާޢި އިތުރު މަޢްލޫމާތު ބޭނުންވާ ފަރާތްތަކުން 9754521 ނުވަތަ 7754521 ނަންބަރު ފޯނާއި ގުޅުއްވުން އެދޭކަމަށް މޯލްޑިވްސް ޗިކަން ފާމުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.