ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރަން އޭދަފުށީ ޓީމު މާލެ އަށް ފުރައިފި

އޭދަފުށީ ޒުވާން ފުޓްބޯޅަ ޓީމު ފަރިތަކުރުން ތަކުގައި. ޓީމު ރޭ ވަނީ މާލެ ފުރާފައި
އޭދަފުށީ ޒުވާން ފުޓްބޯޅަ ޓީމު ފަރިތަކުރުން ތަކުގައި. ޓީމު ރޭ ވަނީ މާލެ ފުރާފައި

މާލޭގައި މިއަދު ހަވީރުފަށާ މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އޭދަފުށީގެ 21 އަހަރުންދަށުގެ ފުޓްބޯޅަ ޓީމު ރޭ މާލެ ފުރައިފި އެވެ.

މުހައްމަދު ޒާހިދު (ބައްޓޭ)ގެ ކޯޗުކަމުގެ ދަށުން މުބާރާތަށް ދިޔަ ޓީމުގައި 18 ކުޅުންތެރިން ހިމެނެ އެވެ.އެސިސްޓަންޓް ކޯޗަކީ ނާފިއު މުހައްމަދު އެވެ. މެނޭޖަރަކީ އިސްމާއިލް ޝަރީފު އެވެ.

ގްރޫޕުގައި އޭދަފުށީގެ އިތުރުން ދެން މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސް އާއި ކެލާ ނާޅި ސްޕޯޓްސް އެވެ.  ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެރޭ އޭދަފުށީ ޒުވާނުންގެ ކްލަބު ބައްދަލުކުރާނީ އޭވައިއެލް އާ އެވެ ދެ ވަނަ މެޗުގައި މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު ކެލާ ނާޅި ސްޕޯޓްސް އާ އެވެ.

އޭ.އެފް.ސީ ޗެލެންޖް ކަޕަށް ގަލޮޅު ދަނޑު މަރާމާތު ކުރަމުން ގެންދާތީ އެފްއޭއެމް އިން ހަމަޖައްސާފައިވަނީ، މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ހުރިހާ މެޗުތަކެއް ވެސް އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައި ކުޅޭ ގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.