މާރެސް ޖަމިއްޔާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ހިންގައިފި

ބ. މާޅޮސް މާރެސް ޖަމިއްޔާއިން އިންތިޒާމުކޮށްގެންބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިނ-- ފޮޓޯ / މާޅޮސް
ބ. މާޅޮސް މާރެސް ޖަމިއްޔާއިން އިންތިޒާމުކޮށްގެންބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިނ– ފޮޓޯ / މާޅޮސް

ބ. މާޅޮހު މާރެސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ހިންގައިފި އެވެ.

އެގޮތުން “ދަރިން ތަރުބިއްޔަތު ކުރުން” މި ނަމުގައި މިދިޔަ ހޮނިހިރުދުވަހު ހެދުނު ކުރިއަށް ގެންދިޔަ ފުރަތަމަ ޕްރޮގްރާމު އަމާޒު ކޮށްފައިވަނީ ޕްރީ ސްކޫލް އަދި ގްރޭޑް 1 ގެ ކުދިންގެ ބެލެނިވެރިންނަށެވެ. އަދި މެންދުރުފަހުވަނީ އެރަށުގެ އާއްމު ފަރުދުންނަށް އަމާޒުކޮށްގެން “ޖެންޑާ ބޭސްޓް ވަޔަލެންސް” ގެ ނަމުގައިވެސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމުތަކުގައި މައުލޫމާތުދެއްވީ ބ އަތޮޅު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ބޭފުޅުންނެވެ.

މާރެސް ޖަމިއްޔާއިން ބުނީ ކުރިއަށް އޮތް ތާނގައިވެސް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް ރާވާފަިއވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.