ފަހުވަގުތު ހަމްޕު ޖެހި ގޯލުން ނިއުއަށް މޮޅެއް

މާޒިޔާގެ އަތް ދަށުން ނިއު ސަލާމަތްވި ލަނޑު ކާމިޔާބު ކޮށްދިން ހަމްޒާ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ--ފޮޓޯ/ ނިއުރޭޑިއަންޓް
މާޒިޔާގެ އަތް ދަށުން ނިއު ސަލާމަތްވި ލަނޑު ކާމިޔާބު ކޮށްދިން ހަމްޒާ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ–ފޮޓޯ/ ނިއުރޭޑިއަންޓް

 

މިހާރު މާލޭގައި ކުރިއަށްދާ އެލް މޯބައިލް ޔޫތް ޗެމްޕިއަންޝިޕްގައި އިއްޔެ މާޒިޔާއާއި ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗުގައި އޭދަފުށީގެ ޒުވާން ކުޅުންތެރިޔާ ހަމްޒަތު މުޙައްމަދު (ހަމްޕު) ފަހުވަގުތު ޖެހިގޯލުން 4-3 އިން އެ ޓީމް މޮޅުވެއްޖެ އެވެ.

ނިއުރޭޑިއަންޓް ގޯލްކީޕަރަށް ރަތްކާޑު ދެއްކުމުން މެޗްގެ ބޮޑުބައި 10 ކުޅުންތެރިންނާއި އެކު ކުޅުނު މެޗްގައި ހަމްޕު ވަނީ ދެގޯލް ކާމިޔާބުކޮށް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފަ އެވެ.

އީޓީ އާއި ވާހަކަ ދައްކަމުން ހަމްޕު ބުނީ ނިއުރޭޑިއަންޓްގެ ޖޯޒީގައި ކުޅުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

“ކެޕްޓަން ބޭންޑް އަޅައިގެން ދެގޯލް ޖެހުނީމަ ވަރަށް އުފާވި. އަދި ނިއުރޭޑިއަންޓް ކަހަލަ ބޮޑު ޓީމަކަށް ކުޅުމުގެ ފުރުޞަތު ލިބުމަކީ ބޮޑު ފަހުރެއް. ބޭނުންވަނީ ފުޓްބޯޅައިގައި ކުރިއަށްދާން” އީޓީ އާއި ވާހަކަ ދައްކަމުން ހަމްޕު ބުންޏެވެ.

އުމުރުން އެންމެ 18 އަހަރުގެ ހުނަރުވެރި ކުޅުންތެރިޔާ ވަނީ މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މިހާރު ނިއުރޭޑިއަންޓްގެ ސީނިއާ ޓީމްގެ ސްކޮޑްގައިވެސް ހިމެނޭ ހަމްޕު އަކީ އެ ޓީމްގެ ޔޫތު ޓީމުގެ ކެޕްޓަނެވެ. ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިމަހު ނިއުރޭޑިއަންޓަށް ސޮއިކުރި ހަމްޕު ވަނީ ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ކަޕް އޭދަފުއްޓަށް ހޯދައިދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.