ސީސީ ކަޕްގެ އެސްއެމްއެސް ޕޯލުގެ އެންމެ ކުރީގައި ފްރެންޑްސް

ފިތުރު އީދު ބަންދާ ގުޅުވައިގެން މިރޭ އޭދަފުށީގައި ފަށާ “ސީސީ ކަޕް ފުޓްސަލް ޓޯނަމެންޓް 2012” ގައި ބައިވެރިވެފައިވާ ޓީމުތަކަށް ހުޅުވާލި އެސްއެމްއެސް ޕޯލުެ އެންމެ ކުރީގައި މިހާރު އޮތީ ފްރެންޑްސްއެވެ.

މި މުބާރާތުގައި އެންމެގިނަ ސަޕޯޓަރުންނާއި އެންމެގިނަ ބަޔަކު ތަށި ގެންނާނެކަމަށް ލަފާކުރާ ޓީމެއް ހޮވުމަށް މި ހަފްތާ ހުޅުވާލި މި ޕޯލް އަށް ރޭ ގެ ނިޔަލަށް ޖުމްލަ 517 ވޯޓް ލިބިފައިވާ އިރު، ފްރެންޑްސް އަށް 189ވޯޓް ލިބިފައި ވެ އެވެ. ދެވަނައަށް އެންމެ ކުރީގައި 138 ވޯޓާ އެކު އެންމެ ކުރީގައި އެފްސީ ސޫޕް އޮތް އިރު ތިން ވަނައިގައި 79 ވޯޓާ އެކު އުޅެނީ ޔުނައިޓެޑް ވީ އެވެ.

15 ޓީމު ވާދަކުރާ މި މުބާރާތުގެ ޓީމުތަކަށް އެސްއެމްއެސް ކުރާނެ ގޮތާއި ޓީމްތަކަށް ދީފައިވާ ކޯޑް އަދި އެސްއެމްއެސް ފޮނުވާނެ ގޮތްތައް އީޓީ ވެބްސައިޓުގެ ހޯމް ޕޭޖުން ފެންނަން އިންނާނެ އެވެ. އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތީ މުބާރާތުގެ ފައިނަލްމެޗު ފެށުމާ ހަމައަށެވެ. މިއީ ދިރާގު އަދި ވަތަނިއްޔާގެ ކަސްޓަމަރުންނަށް ހުޅުވިފައިވާ ފުރުސަތެކެވެ.

މި ފޯލުން އެއްވަނަ އަށް ދާ ޓީމަކަށް ހާއްސަ ޓްރޮފީއެއް ކްލަބް ސީސީ އިން ވަނީ ހުށަހަޅާފަ އެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޝެލް ޓެކް ސޮލިއުޝަންސް އާއި އީޓީ ގުޅިގެން މި ހިދުމަތް ފަރުމާކޮށްދީފައިވަނީ ޓީމްތަކަށް އެސްއެމްއެސް ކުރުމުން އީޓީ އިން ވަގުތުން އަޕްޑޭޓްސް ފެންނަގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.