ތުޅާދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ނާޒިމަށް ލިބިއްޖެ

ނާޒިމް ރަޝާދު. އޭނާ އަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެން
ނާޒިމް ރަޝާދު. އޭނާ އަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެން

 

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބ. ތުޅާދޫ ދާއިރާގެ ޓިކެޓް އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ނާޒިމް ރަޝާދު އަށް ލިބިވަޑައިގެންފި އެވެ.

މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވުމަށްޓަކައި ބޭއްވި ޕްރައިމަރީގައ އަމިއްލަ ގޮތުން 2009 ވަނަ އަހަރު މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި، ކާމިޔާބު ހޯދެއްވި ނާޒިމް ރަޝާދު އެ ގޮނޑި ދިފާއު ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯދެއްވީ ބޮޑު އަގުލަބިއްޔަތަކުންނެވެ. ތިން ކެންޑިޑޭޓުން ވާދަ ކުރެއްވި ތުޅާދޫ ދާއިރާއިން ނާޒިމް ރަޝާދު ވަނީ 494 ވޯޓު ހޯއްދަވާފަ އެވެ. އޭނާއަށް ވޯޓު ލިބުނު އަދަދާ ކައިރި ކުރެވޭ ވަރަށް އެހެން އެއްވެސް ކެންޑިޑޭޓަކަށް ވޯޓެއް ލިބިފައެއް ނުވެ އެވެ.

ބ. އަތޮޅު އޭދަފުށީ ދާއިރާޣެ ޓިކެޓް އެ ދާއިރާގައި ޕްރައިމަރީގައި އިތުރު ކެންޑިޑޭޓަކު ވާދަނުކުރާނީ ހިސާން ހުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޓިކެޓް ދޭނެ މީހުން ކަނޑައަޅަން ކުރިއަށް ގެންދާ އެމްޑީޕީ ޕްރައިމަރީގައި ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮށި އެ ޕާޓީން އިއްޔެ ބާތިލްކޮށްފި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.