އިންޑިއާގެ ޑޮކްޓަރުންގެ ޚާއްސަ ހެލްތު ކޭމްޕެއް ކުރިއަށް ދަނީ

ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް: މި ދުވަސްވަރު މިރަށުގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް ހޮސްޕިޓަލުން ބުނޭ.-ފައިލް ފޮޓޯ
ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް: މި ދުވަސްވަރު މިރަށުގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް ހޮސްޕިޓަލުން ބުނޭ.-ފައިލް ފޮޓޯ

 

ބ. އަތޮޅުހޮސްޕިޓަލުގައި އިންޑީޔާގެ ޑޮކްތާރުންގެ ޚާއްސަ ހެލްތު ކޭމްޕެއް ބ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފި އެވެ.

ބ. އަތޮޅުހޮސްޕިޓަލުން ބުނީ، މިއަދު މެންދުރު އެކެއް ޖެހިއިރު ފެށި މި ކޭމްޕް މިއަދު ހަވީރު 6 ގެ ނިޔަލަށް އަދި މިރޭ 8 ން 9 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. ބ. އަތޮޅުހޮސްޕިޓަލުގައި ކުރިއަށް ގެންދާ މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އަތޮޅުހޮސްޕިޓަލުން ބުނީ މި ކޭމްޕްގައި ފަރުވާ ދޭނީ އިންޑިޔާގެ ތިން ބޭފުޅުން ހިމެނޭ ޑޮކްޓަރުންގެ ޓީމަކުން ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި، އޮޕަރޭޝަންތަކާބެހޭ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ހަމުގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރަކު ހަރަކާތްތެރިވާނެ ކަމަށެވެ.

މި ކޭމްޕަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ފާހަގަކުރުމަށް ކުރިއަށް ގެންދާ “ދޯސްތީ-އެކުވެރިން ހަފުތާ” ފާހަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކުވެރިކަމުގެ ހަފުތާ އަކީ ދެ ގައުމުގެ ގުޅުމުގެ ރަން ޔޫބިލް ފާހަގަކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް މަގު ފަހިކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.