އޭދަފުށީ ޔޫތް ޓީމްގެ ފުރަތަމަ މެޗް މިރޭ

2014 ވަނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕަށް އޭދަފުށީ ޓީމްގެ ފަރިތަކުރުން ތަކުގެ ތެރެއިން
2014 ވަނަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕަށް އޭދަފުށީ ޓީމްގެ ފަރިތަކުރުން ތަކުގެ ތެރެއިން

މިހާރު ކުރިއަށްދާ އެލްމޯބައިލް ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ޓީމްގެ ފުރަތަމަ މެޗްގައި މިރޭ އޭވައިއެލްއާއި ވާދަކުރާނެއެވެ. ޓީމްގެ ކޯޗު މުޙައްމަދު ޒާހިދު (ބައްޓޭ) އީޓީ އާއި ވާހަކަދައްކަމުން ބުނީ މުބާރާތަށް ޓީމް ބޭނުންވި ވަރަށް ތައްޔާރު ނުވެވުނުކަމަށާއި، ނަމަވެސް ޖުމްލަގޮތެއްގައި ޓީމާއިމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

“13 ވަރަކަށް ދުވަހުގެ ޕްރެކްޓިސް ކުރެވުނީ އަދި ދަނޑު މަރާމާތު ކުރަމުން ދާތީ ޕްރެކްޓިސް މެޗެއް ކުޅޭނެ ފުރުޞަތެއް ނުލިބުނު. ނަމަވެސް ސްކޮޑާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ، މިވަގުތު އޭދަފުށިން ނެގޭނޭ އެންމެ ވަރުދަގަ ޓީމް ލިބުނީ. ހުރިހާ ކުޅުންތެރިންވެސް ބޭނުންކުރެވޭހާ ކުޅުންތެރިންގެ ފެންވަރު ރަނގަޅު. އިންޖަރީގެ އެއްވެސް މައްސަލައެއްވެސް ނޫޅޭ”

ގްރޫޕް ސީގެ ދެވަނަ މެޗްގައި އޭވައިއެލްއާއި ދެކޮޅަށް ނިކުންނައިރު މިއަދު ހަވީރު އެ ގްރޫޕްގެ ފުތަމަ މެޗްގައި ބީޖީ ސްޕޯޓްސް އާއި ކެލާ ނާޅި ސްޕޯޓްސް ކްލަބް ބައްދަލުކުރާނެއެވެ.

މިރޭ 9 ޖަހާއިރު އެއްނަންބަރު ޓާފްދަނޑުގައި ކުޅޭ މެޗްގައި އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަކީ ކުޅުންތެރިންނާއި މެނޭޖްމަންޓްގެ ވަރަށް ބޮޑު އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.