ކޮންމެ އަހަރެއްގެ ރޯދަ މަހާ ގުޅުވައިގެން ފޭލި ޖަމިއްޔާއިން ބާއްވާ ގުރުއާން ކިޔެވުމުގެ މުބާރާތް ރޭ ފަށައިފި އެވެ.
ކުޑަކުދިންނާ ބޮޑެތިމީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމާއި، ރީތިކޮށް ތަޖުވީދުމަގަށް ގުރުއާން ކިޔެވުމުގެ އާދަ އަށަގެންނެވުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި މިއަހަހަރު 291 ފަރާތުން ބައިވެރިވެފައިވާ ކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.
ފޭލި ޖަމިއްޔާއިން ބުނީ ރޭ ފެށި މި މުބާރާތް މާދަމާ ރޭ ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި މުބާރާތުގެ ކިޔެވުން ކޮންމެ ދުވަހަކުވެސް ތިން ދަންފަޅިގައި ކުރިއަށް ދާނެކަމަށެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އީދު ދުވަހުގެ ރޭ ބާއްވާނެކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.
މިއީ ފޭލިން ބާއްވާ ގުރުއާން ކިޔެވުމުގެ 10 ވަނަ މުބާރާތެވެ