ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

vila

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް ލެވެލް އަދި ފައުންޑޭޝަން ލެވެލް ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ފެބްރުއަރީމަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ވިލާ ކޮލެޖުގެ ބ. އޭދަފުށީ ކެމްޕަހުގައި މާޗުމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކެމްޕަހުގެ މެނޭޖަރު އަބްދުލްމަތީން އަހްމަދު ވިދާޅުވީ އަންނަ މާޗުމަހު އެތަނުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެކަމަކު ކޯސްތަކަށް މިދިޔަ އަހަރު ޖީސީއީ އޯލެވެލް ނިންމި ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ފެބްރުއަރީ މަސް ނިމެންދެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޗު މަހު އޭދަފުށީ ކެމްޕަހުގައި ފެށުމަށް އިއުލާންކޮށްފައިވަނީ ސެޓްފިކެޓް ލެވެލް އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކެވެ. އެގޮތުން ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ހިއުމަން ރިސޯސް މެނޭޖުމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް މި ތިން ދާއިރާގެ އިތުރުން މެރިން ސްޓަޑީސްގެ ދާއިރާއިންވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ފަށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވާއިރު އެ ކެމްޕަހުން މިދިޔަ އަހަރު 70 އަށްވުރެ ގިނަ ކުދިން ކޯސްތައް ވަނީ ފުރިހަމަކޮށްފައިވެ އެވެ. އަދި މިއަހަރު އެ ކެމްޕަހުގައިިވަނީ މާސްޓާޒް ޑިގްރީއަށް ކިޔަވައިދޭންވެސް ފަށައިފަ އެވެ.

ކޯސްތަކަށް ވަނުމަށްއެދޭ ފޯމް އަދި އިތުރު މަޢުލޫމާތު ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން (ފޯން 6608600) ލިބޭނެ އެވެ. ­­

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.