ހިތާދޫގެ ގޭގެއިން ބޯފެން ހުސްވެއްޖެ

ހިތާދޫގައި ވާރޭފެން ރައްކާ ކުރުމަށް ބަހައްޓާފައިވާ ހަންތަކެއް ފައިލްފޮޓޯ- ހިތާދޫ އޮންލައިން
ހިތާދޫގައި ވާރޭފެން ރައްކާ ކުރުމަށް ބަހައްޓާފައިވާ ހަންތަކެއް ފައިލްފޮޓޯ- ހިތާދޫ އޮންލައިން

 

ވާރޭ ނުވެހި ގިނަދުވަސްވުމުގެ ސަބަބުން ބ. ހިތާދޫގެ ބައެއް ގޭގޭގައި ބޯން ބޭނުންކުރަމުން އައި ވާރޭފެން މުޅިން ހުސްވެއްޖެ އެވެ.

ހިތާދޫ ކައުންސިލުން ބުނީ، ވާރޭ ނުވެހި ގިނަދުވަސް ތަކެއް ވުމުގެ ސަބަބުން ރަށުން ބޯން ބޭނުންކުރާ ފެން ހުސްވެފައިވާތީ ފެން ފޯރުކޮށްދިނުމަށް އެދި މިދިޔަ ހަފްތާގައި ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުގައި އެދިފައި ވާނެކަމަށެވެ. އަދި ވަރަށް އަވަހަށް ފެން ލިބޭނެގޮތެއް ވޭތޯ މަސައްކަތް ކުރަމުން ދާކަމަށްވެސް އެރަށު ކައުންސިލުން ބުންނެވެ.

ނުވަދިހައިގެ އަހަރު ތަކުގައި ބ. ހިތާދޫގެ ފެން ތަހުލީލު ކުރުމުން ހިތާދޫގެ ފެނަކީ އެއްގޮތަކަށްވެސް ބޭނުން ކުރުން ރަނގަޅު ނޫން ނަޖިސް އަސަރު ފެނިފައިވާ ފެނެއްކަށް ބުނެފައިވާއިރު މިހާތަނަށް އައިރުވެސް ހިތާދޫގައި ފެނާއި ނަރުދަމާ ނިޒާމް ވަނީ ގާއިމު ނުކުރެވި އެވެ. ނަަމަވެސް ހިތާދޫގައި ފެނަަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ދިހަ ޓަނުގެ ފެންޕްލާންޓެއް ވީނަމަވެސް މިފަދަ ހާލަތެއް މެދުވެރިވި އެންމެ ފަހަރަކުވެސް މިޕްލާންޓުގެ ޚިދުމަތް ނުލިބޭ ކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.

ހުސްވި އަހަރުގެ ޖުލައި މަހު ހިތާދޫ ގައި ހުރި ފެންޕްލާންޓު މަރާމާތު ކުރުމަށް އެންވަރަމަންޓު މިނިސްޓްރީން ވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފަ އެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 180 ދުވަހެވެ. މިއަދާހަަމަށް ހިތާދޫގެ ފެންޕްލާންޓު މަރާމާތު ކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާއިރު މިމަހުގެ އެއްވަނަ ދުވަށް ފެންޕްލާންޓު މަރާމަތު ކުރުމަށް ދީފައިވާ މުއްދަތު ވަނީ ހަމަވެފައެވެ.

ހުސްވި 2013 ވަނަ އަހަރުވެސް ހިތާދޫން 3 ފަހަރެއްގެ މަތީން ފެން ހުސްވެ ޑިޒާސްޓާ މެނޭޖުމަންޓުގެ އެހީގައި ހިތާދޫ ރައްޔިތުންނަށް ވަނީ ސާފު ބޯފެން ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. riza

    ހުރިހާކަމެއްވެސް ހިނގަމުންދާނީ ﷲ އިރާދަ ކުރައްވާގޮތައް ފެނަކީﷲ ދެއްވާ ރިޒްގެއް އެއްވެސްމީހަކަށް ފެނެއްވެސް ‘ މަހެއްވެސް ހިފައިގެން ނުދެވޭނެ’ ފެންވެސް މަސްވެސް އިރާދަކުރެއްވި އިރަކުން އިރާދަކުރެއްވި ވަރަކަށް ލިބޭނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.