ބ. ފުޅަދޫގައި އަމިއްލަ މީހަކު ހިންގަމުންގެންދާ ގެސްޓް ހައުސް އަކަށް ޗުއްޓީ ހޭދަކޮށްލަން އައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ. އޭނާ މަރުވީ ފުޅަދޫ ހުޅަނގުކޮޅު ތުނޑިއަށް މޫދަން އެރެން ގޮސް އުޅުމުގެ ތެރޭގައި ގެނބިގެން ކަމަށްވެ އެވެ. ނަމަވެސް މި ހާދިސާއާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މޫދަށް އެރި އުޅެނިކޮށް ޓޫރިސްޓުން ގެއްލި އަދި މަރުވުމުގެ ހާދިސާތައް ފަހަކަށްއައިސް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ.