މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޢަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ކުއްލި މައްސަލައަކާ ގުޅިގެން ވަނީ ފަސްކޮށްފިއެވެ.
ކްލަބް ދަ ބިގިނާރސް އިން ބުނީ ގުރުއަތުލުން ދެން އޮންނާނެ ވަކިތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މިއަންނަމަހުގެ 7 ވަނަ ދުވަހުގެ ހަވީރު ފަށާ މިމުބާރާތުގައި ބ. އަތޮޅުގެ 3 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ. އެއީ ސޮނެވާފުށި ރިސޯޓް، އަނަންތަރާ ކިހަވަށް ވިލާސް އަދި ފޯ ސީޒަން ލަނޑާ ގިރާވަރެވެ. އަދި މީގެ އިތުން އޭދަފުށިން 7 ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެއިމްސް ޔުނައިޓެޑް، ޔުނައިޓެޑް ވީ، ދަ ޗެލެންޖާސް، އެފް ސީ ސޫޕް، ވެލާ ސްޕޯޓްސް، ހުސް ސޮނގުން އަދި ސަޖީ އެން ފްރެންޑްސް އެވެ.
ޖުމްލަ 10 ޓީމަކުން ވާދަކުރާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ އާއި ރަނާރސް އަޕް ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް މާލެ/ކޮލަމްބޯ ދެކޮޅު ޓިކެޓް ދިނުމަށްވެސް ވަނީ އެކްލަބުން ނިންމާފައެވެ.