އީޓީގެ ސީނިއާ ރިޕޯޓަރު އަބްދުލްގައްޔޫމް ޔޫސުފްގެ ބައްޕަ، ޔޫސުފް ހަސަން މިއަދު ވަނީ ބ. އަތޮޅުހޮސްޕިޓަލުގައި ސިއްހީ ފަރުވާ ހޯއްދަވަނިކޮށް ނިޔާވެފަ އެވެ. މިއީ އީޓީގެ އެސިސްޓެންޓް އެޑިޓަރު ތޯރިގު އަބްދުއްރަހްމާންގެ ބޮޑުބޭބެވެސް މެ އެވެ.
ޔޫސުފް ހަސަން ނިޔާވުމާ އަބްދުލްގައްޔޫމު އަދި ތޯރިގް އަބްދުއްރަހްމާންގެ އާއިލާ އަށް ލިބިފައިވާ ހިތާމައިގައި އީޓީ އާއި އީޓީގެ މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ދަންނަވަމެވެ. އަދި މަރުހޫމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ﷲގެ ހަޒުރަތުގައި ދުޢާ ދަންނަވަމެވެ.
Aameen
ޢަމީން..